އުރީދޫ އެމްފައިސާ މެދުވެރިކޮށް 3000ރ. ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

އުރީދޫގެ ޑިޖިޓަލް ވޮލެޓު، އެމްފައިސާ މެދުވެރިކޮށް 3000ރ. ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަޟްހާ އީދާ ދިމާކޮށް އުރީދޫން ފެށި މި ޕްރޮމޯޝަންގެ ދަށުން އެމްފައިސާގެ "ސެންޑް މަނީ" ފީޗާ ބޭނުންކޮށްގެން ތަ...

31 Jul 2020 | 12:41

އުރީދޫގެ ޑިޖިޓަލް ވޮލެޓު، އެމްފައިސާ މެދުވެރިކޮށް 3000ރ. ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އަޟްހާ އީދާ ދިމާކޮށް އުރީދޫން ފެށި މި ޕްރޮމޯޝަންގެ ދަށުން އެމްފައިސާގެ "ސެންޑް މަނީ" ފީޗާ ބޭނުންކޮށްގެން ތަފާތު ފަސް އެމްފައިސާ ވޮލެޓަކަށް 50ރ. އިން މަތިން ޓްރާންސްފާ ކުރާ މީހުންގެ ތެރެއިން ތިން ނަސީބުވެރިއަކަށް 3000ރ. ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އަންނަ މަހުގެ ތިންވަނަ ދުވަހުގެ ރޭ 11:30ގެ ނިޔަލަށް ކުރިޔަށް ގެންދަން ހަމަޖެހިފައިވާ މި ޕްރޮމޯޝަނުގެ ނަސީބުވެރިން އަންނަ މަހުގެ ފަސް ވަނަ ދުވަހު އާއްމުކޮށް އިއުލާން ކުރާނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.

އުރީދޫ އެމްފައިސާގެ "ސެންޑް މަނީ"ފީޗާ އަކީ އެމްފައިސާގެ އެއް ވޮލެޓުން އަނެއް ވޮލެޓަށް ފައިސާ ޓްރާސްފާ ކުރުމަށް ބޭނުންކުރާ ފީޗާ އެކެވެ. އެހެންކަމުން އީދު ދުވަހުގެ ތަހުނިޔާއާ އެކު ދުރުގައި ތިބި އާއިލާގެ މެމްބަރުންނާއި ރައްޓެހިންނަށް އީދު ހަދިޔާގެ ގޮތުގައި ވެސް ފައިސާ ޓްރާންސްފާ ކޮށްލެވޭނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫގެ އެމްފައިސާގެ ހިދުމަތް އެކުންފުނީގެ "މައި އުރީދޫ" އެޕްލިކޭޝަން ބޭނުންކޮށްގެން ރާއްޖޭގެ ކޮންމެ މޯބައިލް އޮޕަރޭޓަރެއްގެ ކަސްޓަމަރަކަށް ވެސް ބޭނުން ކުރެވޭނެ އެވެ. އެމްފައިސާ މެދުވެރިކޮށް ކައްކާ ގޭހަށް އޯޑަރުކޮށް ފައިސާދެއްކުމާއި އުރީދޫ ބިލުތަކުގެ އިތުރުން ކަރަންޓާއި ފެން ބިލަށް ވެސް ފައިސާ ދެއްކޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް