އައްޑޫގައި ހާއްސަ އެހީއަށް ބޭނުންވާ އަންހެނެއް ރޭޕްކުރި މައްސަލައެއް ބަލަނީ

އައްޑޫ ސިޓީގައި ހާއްސަ އެހީ އަށް ބޭނުންވާ އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ. އުމުރުން 48 އަހަރުގެ އެ އަންހެން މީހާ ރޭޕްކޮށްލި މައްސަލަ ފުލުހަށް ހުށަ...

31 Jul 2020 | 10:49

އައްޑޫ ސިޓީގައި ހާއްސަ އެހީ އަށް ބޭނުންވާ އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

އުމުރުން 48 އަހަރުގެ އެ އަންހެން މީހާ ރޭޕްކޮށްލި މައްސަލަ ފުލުހަށް ހުށަހަޅާފައި ވަނީ މިއަދުއެވެ. އަދި އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ރޭޕްކުރުމާއި ޖިންސީ ގޯނާގެ މައްސަލަތައް ރާއްޖޭގައި ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެ މައްސަލަތައް ބަލައި އިންސާފު ގާއިމްކޮށްދިނުމަށާއި، ރޭޕްގެ މައްސަލަތަކުގައި ކުށްވެރީން ދޫވާ މައްސަލައާ ގުޅިގެން ޒުވާނުންނާއި، ބައެއް މަދަނީ ޖަމިއްޔާތަކުން ދާދި ފަހުން މާލޭގެ މަގުތަކަށް ނުކުމެ ވަނީ އަޑު އުފުލައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް