ދެވަނަ ކުއާޓަރުގައި އެސްޓީއޯ އަށް ސާފު ފައިދާގެ ގޮތުގައި 104 މިލިއަން ރުފިޔާ

މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯ އަށް ސާފު ފައިދާގެ ގޮތުގައި 104 މިލިއަން ރުފިޔާ ލިބިއްޖެއެވެ. އެ ކުންފުނިން އާންމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން ޖުމްލަ އ...

31 Jul 2020 | 10:24

މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެސްޓީއޯ އަށް ސާފު ފައިދާގެ ގޮތުގައި 104 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެ ކުންފުނިން އާންމުކޮށްފައިވާ މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން ޖުމްލަ އާމްދަނީގެ ގޮތުގައި އެސްޓީއޯ އަށް 1.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ ތެރޭ ހިމެނެނީ ތެލުގެ ވިޔަފާރިން ލިބުނު 629 މިލިއަން ރުފިޔާ ގެ އާމްދަނީ އާއި ތެލުގެ ވިޔަފާރި ނޫން އެހެން ވިޔަފާރިތަކުން ލިބުނު 669 މިލިއަން ރުފިޔާގެެ އާމްދަނީ އެވެ.

ނަމަވެސް މިއީ މި އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު، 10 މިލިއަން ރުފިޔާގެ ދަށްވުމެކެވެ. މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯގެ ސާފު ފައިދާއަކީ 114 މިލިއަން ރުފިޔާއެވެ.

އެސްޓީއޯ އިން ބުނީ ކުންފުނީގެ އާމްދަނީ އަދި ސާފު ފައިދާ އަށް އަސަރުކޮށްފައިވަނީ، ކޮވިޑް-19ގެ ސަބަބުން ކަމަށެވެ. ކޮވިޑް-19ގެ ސަބަބުން ހުރިހާ ގައުމެއްގެ ވެސް އިގްތިސާދަށް އަސަރު ކޮށްފައިވާއިރު، މި އަހަރު ގިނަ ކުންފުނިތަކުގެ އާމްދަނީ އާއި ފައިދާ ދަށަށް ދާނެ ކަމަށް ދާއިރާގެ ތަޖުރިބާކާރުން ވެސް ވަނީ ލަފާ ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް