މެމްބަރުންގެ އަދަދު 48 އަށް ތިރިކޮށް، މުސާރަ 150،000ރ. އަށް އިތުރުކުރަން ޑީއާރުޕީން ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 48 އަށް ތިރިކޮށް، މުސާރަ 150،000ރ. އަށް އިތުރުކުރަން ފެންނަ ކަމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ން ބުނެފިއެވެ. ޑީއާރުޕީގެ ރަސްމީ އެކައުންޓުން ރޭ ކުރި ...

31 Jul 2020 | 09:21

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 48 އަށް ތިރިކޮށް، މުސާރަ 150،000ރ. އަށް އިތުރުކުރަން ފެންނަ ކަމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ން ބުނެފިއެވެ.

ޑީއާރުޕީގެ ރަސްމީ އެކައުންޓުން ރޭ ކުރި ޓުވީޓެއްގައި ވަނީ އަޟްހާ އީދު ދުވަހުގެ ތަހުނިޔާ މަޖިލިހުގައި ބުރަކޮށް މަސައްކަތް ކުރައްވާ މެމްބަރުންނަށް ފޮނުއްވައިފައެވެ. އަދި މެމްބަރުން ކުރައްވާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން ގިނަ ކަންކަން ކޮށްދޭން ޖެހޭ ކަމަށް ޑީއާރުޕީން ވަނީ ބުނެފައެވެ.

https://twitter.com/drpmaldives/status/1288857870667100161

މަޖިލީހުގެ މެމްބަރުންނަކީ އާންމުން ހޮވާ ބަޔަކަށްވާ އިރު އެ މީހުންނަށް ބޮޑީގާޑުންނާއި އެހެނިހެން ޚިދުމަތްތައް ރަނގަޅަށް ފުރިހަމަ ވާން ޖެހޭ ކަމަށް ވެސް ޑީއާރުޕީން ކުރި ޓްވީޓުގައި ވަނީ ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް