މަރުވި ބިދޭސީއަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެ

މަރުވެގެން ރޭ މެންދަމު ވަގުތެއްގައި ހޮސްޕިޓަލަށް ގެންދިޔަ ބިދޭސީއަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ދުވަހަށް މައުލޫމާތުދެއްވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން...

31 Jul 2020 | 07:27

މަރުވެގެން ރޭ މެންދަމު ވަގުތެއްގައި ހޮސްޕިޓަލަށް ގެންދިޔަ ބިދޭސީއަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ މަރުވެފައިވާ، އުމުރުން 29 އަހަރުގެ ބިދޭސީއަކު ރޭ މެންދަމު 03:00 ހާއިރު އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި ޕްރޮޓޮކޯލްގެ ދަށުން ޓެސްޓް ކުރި އިރު ޓެސްޓްގެ ނަތީޖާ ޕޮޒިޓިވް ވެފައިވާކަމަށެވެ.

ތަސްލީމާ އިތުރަށް ވިދާޅުވީ އޭގެ ކުރިން، ކޯވިޑް-19 ގެ އެއްވެސް އަލާމާތެއް ފެނިފައިނުވާކަމަށާއި މިއީ ކޯވިޑް މަރެއް ކަމަށް ނުނިންމާ ކަމަށެވެ. ނަމަވެސް ހުރިހާ ޕްރޮޓޮކޯލެއް އެކަމަށް އޮންނަ އުސޫލުގެ ތެރެއިން ކުރިއަށްދާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް