އަހުވަންތަކަމާއި ސުލްހައަށް އިސްކަން ދިނުމަށް ރައީސް އެދިވަޑައިގެންފި

އަހުވަންތަކަމުގެ ގުޅުން ކުރިއަށް ނެރެ، ސުލްހަޔާއި ހަމަޖެހުމަށް އިސްކަން ދިނުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ. ރައީސް މިހެން ވިދާޅުވީ އަޟްހާ އީދުގެ މުނާސަބަތުގައި ދިވެހި ރަ...

31 Jul 2020 | 05:09

އަހުވަންތަކަމުގެ ގުޅުން ކުރިއަށް ނެރެ، ސުލްހަޔާއި ހަމަޖެހުމަށް އިސްކަން ދިނުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.

ރައީސް މިހެން ވިދާޅުވީ އަޟްހާ އީދުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި މެސެޖުގައި އެވެ.

އެމަނިކުފާނު ވިދާޅުވީ މިއަހަރުގެ އީދު ބައްދަލުކޮށްފައި މިވަނީ ކޯވިޑް-19ގެ ސަބަބުން، މުޅި އިންސާނިއްޔަތު ވަރަށް ހިތްދަތި ތަޖުރިބާތަކެއް ކުރަންޖެހިފައިވާ ދުވަސްވަރެއްގައިކަމަށެވެ.

މިފަދަ ދުވަސްވަރެއްގައި އުފާވެރި އީދަކާ ބައްދަލުވުމީ، ކޯވިޑް-19ގެ ސަބަބުން ހީނަރުވެފައިވާ ގުޅުންތައް، އަލުން ބަދަހިކޮށް އާލާކުރުމަށް ލިބޭ ރަނުގެ ފުރުސަތެއްކަމަށް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި އެކަކު އަނެކަކަށް މައާފު ކުރަންޖެހޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް