ހުއްދަ ލިބިފައިވާ މީހުން މާދަމާއިން ފެށިގެން މާލެ-ހުޅުމާލެ ބަހުގެ ހިދުމަތަށް ޓިކެޓު ނަގަން ޖެހޭނެ

ގްރޭޓާ މާލޭ ޓްރާންސްޕޯޓުގެ ލިންކުގެ ފަރާތުން މާލެ އާއި ހުޅުމާލޭ އާއި ދެމެދު ކުރަމުންދާ ބަސް ދަތުރުތަކަށް މާދަމާއިން ފެށިގެން ޓިކެޓު ނަގަން ޖެހޭނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ބުނެފި އެވެ. އެ ކު...

31 May 2020 | 16:37

ގްރޭޓާ މާލޭ ޓްރާންސްޕޯޓުގެ ލިންކުގެ ފަރާތުން މާލެ އާއި ހުޅުމާލޭ އާއި ދެމެދު ކުރަމުންދާ ބަސް ދަތުރުތަކަށް މާދަމާއިން ފެށިގެން ޓިކެޓު ނަގަން ޖެހޭނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ބުނެފި އެވެ.

އެ ކުންފުނިން ބުނީ ކޯވިޑް-19 އާއި ގުޅިގެން މާލޭ ސިޓީ ލޮކްޑައުން ކުރި ފަހުން މިއަދާއި ހަމައަށް މާލެ އާއި ހުޅުމާލެއާއި ދޭތެރޭ ކުރާ ބަސްދަތުރުތަކުގައި އެއްވެސް ފީއެއް ނަގާފައި ނުވާކަމަށެވެ. މި މުއްދަތުގައި ބަހުގެ ހިދުމަތް ދީފައިވަނީ ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހުއްދަ ދީފައިވާ ފަރާތްތަކަކާއި ސިފައިންނާއި އެނޫންވެސް އެކި މުއައްސަސާތަކުގެ ހުއްދަ އާއި އެކު ދަތުރު ކުރާ މީހުންނަށެވެ.

ޕޯޓްސްއިން ބުނީ މާދަމާއިން ބަހުގެ ހިދުމަތް ބޭނުންކުރާ ހުރިހާ އެންމެންވެސް ޓިކެޓު ނަގަން ޖެހޭނެ ކަމަށެވެ. ޓިކެޓު ނަގަން ޖެހޭނީ ބަސް ކާޑު މެދުވެރިކޮށްކަމަށް ބުނެފައިވެ އެވެ.

ބަސް ދަތުރުތަކުގެ ގަޑިތައް

ހުޅުމާލެ -މާލެ - ހެނދުނު 06:45 - 08:30

ހުޅުމާލެ - ހެނދުނު 09:00

މާލެ - ރޭގަނޑު 22:00

ހުޅުމާލެ - 22:30 އިން 00:30 އަށް

ހުޅުމާލޭގެ ގިނަ ބަސް ސްޓޮޕްތަކަށް މި ބަސްތައް މަޑު ކުރާއިރު މާލޭގައި ބަސް ސްޓޮޕްތައް ހަދާފައިވަނީ ކާނިވާ ސަރަހައްދާއި، އައިޖީއެމްއެޗު ސަރަހައްދުގެ އިތުރުން ގްރޭޓާ މާލޭ ބަސް ޓާމިނަލްގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް