އެސްޓީއޯގެ ފިހާރަތަކުން "ނިއު ނޯމަލް" ގައި ހިދުމަތް ދޭން ފަށައިފި

އެސްޓިއޯގެ ދަށުން ހިންގާ ހުރިހާ ފިހާރަތަކެއް "ނިއު ނޯމަލް" ގެ އުސޫލުތަކާއި އެއްގޮތަށް ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ. ކޯވިޑް-19 އާއި ގުޅިގެން އެސްޓީއޯ ސުޕަމާޓް، ހޯލްސޭލް ސެންޓަރު، ފާމަސީތައް އަދ...

31 May 2020 | 11:24

އެސްޓިއޯގެ ދަށުން ހިންގާ ހުރިހާ ފިހާރަތަކެއް "ނިއު ނޯމަލް" ގެ އުސޫލުތަކާއި އެއްގޮތަށް ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން އެސްޓީއޯ ސުޕަމާޓް، ހޯލްސޭލް ސެންޓަރު، ފާމަސީތައް އަދި މިފްކޯގެ މަސް ފިހާރައިން ހިދުމަތް ދެމުން ދިޔައީ އޮންލައިންކޮށް އޯޑަރު ނަގައިގެންނެވެ.

އެސްޓީއޯއިން މިއަދު ބުނީ އެސްޓީއޯ ސުޕަމާޓާއި ހޯލްސޭލް ސެންޓަރަށް އަދި މިފްކޯ މަސް ފިހާރައަށް ގޮސް ހިދުމަތް ހޯދޭނެ ކަމަށެވެ. އަދި ޕެޓްރޯލް ޝެޑްތަކުންވެސް ހިދުމަތް ލިބޭނެ ކަމަށެވެ.

އެތަންތަނުން ހިދުމަތް ދޭނީ ފުލުހުން ދޫކުރާ ޝޮޕިން ޕާމިޓް އޮތް މީހުންނަށެވެ. އަދި އެތަންތަނުން ހިދުމަތް ދޭނީ ވަކި އަދަދަކަށް މީހުން ފިހާރައަށް ވައްދައިގެން ކަމަށާއި ބޭރުގައި ކިޔު ހަދާއިރު އިޖުތިމާއީ ގައިދުރުކަމަށް ސަމާލުކަން ދީގެން ކިޔު ހެދުމަށް އެސްޓީއޯއިން އިލްތިމާސްކޮށްފައި ވެއެވެ.

އެސްޓީއޯ ސުޕަމާޓު ހުޅުވާފައި ހުންނަނީ ހެނދުނު 9:00 އިން މެންދުރުފަހު 3:00އަށް އަދި ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 9:00 އާ ހަމައަށެވެ. ހޯލްސޭލް ސެންޓަރު ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށެވެ.

މިފްކޯ މަސް ފިހާރަ ހުޅުވާފައި ހުންނާނީ ހެނދުނު 9:00 މެންދުރު ފަހު 15:00 އަށް އަދި ހަވީރު4:00 ން ރޭގަނޑު9:00 އަށެވެ. މިފްކޯގެ މާފަންނު. ގަލޮޅު އަދި ހުޅުމާލޭ ފިހާރަތައްވެސް މި ގަޑިތަކުގައި ހުޅުވާނެ އެވެ.

އެފްއެސްއެމް އީޒީ ފިލްއިން ޕެޓްރޯލް އެޅުމުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު8:00 ން މެންދުރު ފަހު3:30 އަށް އަދި ހަވީރު4:30 އިން ރޭގަނޑު12:00 އަށެވެ.

އެސްޓީއޯއިން ވަނީ ހިދުމަތް ހޯދަން ދާ ހުރިހާ ފަރާތްތަކަށް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރުމަށް އިލްތިމާސްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް