ސައުދީ އަރަބިއްޔާގައި ކޯވިޑް-19 އަށް ދުވާލަކު ޕޮސިޓިވްވާ މީހުންނަށް ވުރެ ބަލިން ރަނގަޅުވާ މީހުންގެ އަދަދު އިތުރުވާން ފަށައިފި އެވެ.
ސައުދީގެ ހެލްތް މިނިސްޓްރީން ބުނީ މިދިޔަ 24 ގަޑިއިރު ތެރޭގައި އެ ގައުމުގައި ވައިރަހަށް ޕޮސިޓިވްވެފައިވަނީ 1،618 މީހުން ކަމަށެވެ. އެކަމަކު 24 ގަޑިއިރު ތެރޭގައި ބަލިން 1،870 މީހަކު ރަނގަޅުވެފައިވާ ކަމަށެވެ.
ސައުދީގައި މިހާތަނަށް ބައްޔަށް 83,384 މީހަކު ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 58,883 މީހަކު ވަނީ ރަނގަޅުވެފައި އެވެ. އެ ގައުމުގެ ހެލްތް މިނިސްޓްރީން ބުނީ މިހާތަނަށް 480 މީހަކު ބަލީގައި މަރުވެފައިވާ ކަމަށެވެ.
ސައުދީން ވަނީ ގައުމުގައި ވައިރަސް ފެތުރުނަ ނުދިނުމަށް ހަރުކަށި ފިޔަވަޅުތަކެއް ދެ މަހެއްހާ ދުވަހަށް އަޅާފައި އެވެ. ގައުމު ލޮކްޑައުންގައި އޮތުމަށް ފަހު މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން ފިޔަވަޅުތަކަށް ލުއިދޭން ވަނީ ފަށާފައި އެވެ.
މިލުއި ތަކުގައި މައްކާ ސިޓީގެ އެއްވެސް ތަނެއް ހުޅުވާކަށް ހުއްދައެއް ނުދެ އެވެ. އަދިވެސް އެ ސިޓީއަށް ވަދެ ނުކުމެ ވުމާއި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމާއި ލުއިތަކާއި އެކު މަގުމައްޗަށް ނުކުމެ އުޅުމަކީ މަނާކަމެކެވެ.
ސައުދީގައި އެންމެ ހަލުވި ކަމާއި އެކު ވައިރަސް ފެތުރެމުންދަނީ ޖިއްދާ އާއި، މައްކާ އަދި ހަފޫފް ސިޓީގައި އެވެ. ކުރިން މަދީނާގައި ވައިރަސް ހަލުކަމާއި އެކު ފެތުރު ނަމަވެސް މިހާރު ފެންނަނީ ކޮންމެ ދުވަހަކުވެސް 100 އަށްވުރެ މަދު ކޭސްތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް