ޗެކުން ފައިސާ ދައްކާ ފަރާތްތަކަށް އެމްޑަބްލިއުއެސްސީއަށް ފައިސާ ޓްރާންސްފާ ކުރެވޭ ގޮތް ހަދައިފި

އެމްޑަބްލިއުއެސްސީއަށް ޗެކު މެދުވެރިކޮށް ފައިސާ ދައްކާ ފަރާތްތަކަށް އޮންލައިންކޮށް ފައިސާ ޓްރާންސްފާ ކުރެވޭ ގޮތް ހަދައިފި އެވެ. އެ ކުންފުނީގެ ބިލުތަކަށް ޗެކުން ފައިސާ ދައްކާ ފަރާތްތަކުގެ ތެރޭގައި ހިމެ...

31 May 2020 | 06:35

އެމްޑަބްލިއުއެސްސީއަށް ޗެކު މެދުވެރިކޮށް ފައިސާ ދައްކާ ފަރާތްތަކަށް އޮންލައިންކޮށް ފައިސާ ޓްރާންސްފާ ކުރެވޭ ގޮތް ހަދައިފި އެވެ.

އެ ކުންފުނީގެ ބިލުތަކަށް ޗެކުން ފައިސާ ދައްކާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ މުއައްސަސާތަކާއި، ވިިޔަފާރިތަކުގެ އިތުރުން ބައެއް ޑޮމެސްޓިކް ކަސްޓަމަރުންނެވެ. އެމްޑަބްލިއުއެސްސީން ބުނީ ބޭންކް ޓްރާންސްފާ އާއި ގުޅޭ މައުލޫމާތެއް ބޭނުންވާ ނަމަ105 ނަމްބަރަށް ގުޅުމުން ނުވަތަ1050 އަށް އެސްއެމްއެސް ކުރުމުން ލިބޭނެ އެވެ.

ޗެކު މެދުވެރިކޮށް މިހާތަނަށް ފައިސާ ދެއްކި ފަރާތްތަކުން ފައިސާ ޓްރާންސްފާ ކުރަން ޖެހެނީ:

7701-101705-001- ރުފިޔާ އެކައުންޓު

7701-101705-002- ޑޮލަރު އެކައުންޓު

ފައިސާ ޓްރާންސްފާ ކުރުމަށް ފަހު https://banktransfers.mwsc.com.mv މި ލިންކަށް ވަދެ އިތުރު މައުލޫމާތު ފުރިހަމަ ކުރަން ޖެހެ އެވެ. އެ ކުންފުނިން ބުނީ މައުލޫމާތުތައް ފުރިހަމަ ނުކުރާނަމަ އެ ފަރާތެއްގެ އެކައުންޓު އަޕްޑޭޓުވުމުގައި ލަސްވެދާނެ ކަމަށެވެ.

ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަސްޓަމާ ސާވިސް ސެންޓަރަށް ބިލްދައްކަން ނުދިއުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައި އެވެ. އޭގެ ބަދަލުގައި އެ ކުންފުނީގެ އެޕް މެދުވެރިކޮށް ބިލްތައް ދެއްކުމަށް އިސްކަން ދިނުމަށް އެދިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް