ކޯވިޑް ޖެހުނު 400 އަށް ވުރެ ގިނަ މީހުން ރަނގަޅުވެއްޖެ

ރާއްޖެއިން ކޯވިޑް-19 ޖެހުނު 400 އަށްވުރެ ގިނަ މީހުން ރަނގަޅުވެއްޖެ އެވެ. ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅު...

30 May 2020 | 20:34

ރާއްޖެއިން ކޯވިޑް-19 ޖެހުނު 400 އަށްވުރެ ގިނަ މީހުން ރަނގަޅުވެއްޖެ އެވެ.

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އިއްޔެ އެކަނިވެސް 16 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އެއާއި އެކު ކޯވިޑުން ރަނގަޅުވި މީހުންގެ އަދަދު 401 އަށް އަރާފައިވާ ކަމަށް ވިދާޅުވި އެވެ.

ރާއްޖެއިން ޕޮސިޓިވްވެފައިވާ މީހުންގެ ތެރެއިން މިހާރު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ވަނީ 1،264 އަށް ތިރިވެފައި އެވެ. މިހާތަނަށް މި ބަލީގައި މަރުވީ ފަސް މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ޕޮސިޓިވްވީ 1،672 މީހުންނެވެ. މީގެ ތެރޭގައި 1،000 ގިނަ ބިދޭސީން ހިމެނެ އެވެ.

އެ ބަލި އެންމެ ގިނައިން ޖެހިފައިވަނީ 31-40 އަހަރާ ދެމެދުގެ މީހުންނަށެވެ.

ރާއްޖެއިން އެންމެ ގިނައިން ޕޮސިޓިވްވެފައިވަނީ ބަންގްލަދޭޝް މީހުންނެވެ. ދެވަނައަށް ދިވެހިން އަދި ތިން ވަނައަށް އެންމެ ގިނައިން ޕޮސިޓިވްވެފައިވަނީ އިންޑިއާ މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް