ނައިފަރުގައި ކޯވިޑް ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް ވަރުގަދަ ކޮށްފި

ޅ. ނައިފަރުގައި ކޯވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފި އެވެ. ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެޗްޕީއޭއިން ނެރެފައިވާ އެންގުމެއްގައި...

31 Mar 2021 | 17:43

ޅ. ނައިފަރުގައި ކޯވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފި އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެޗްޕީއޭއިން ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ އެ ރަށުގައި އިތުރު ފިޔަވަޅުތައް އެޅުމަށް ނިންމީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.

ނައިފަރުގައި ފިޔަވަޅުތައް އަޅާފައިވަނީ ހަތް ދުވަހުގެ މުއްތަށެވެ.

އެންގުމުގައި ވާގޮތުން މި މުއްދަތުގައި ޒަރޫރީ ބޭނުންނެތި އާންމު ތަންތަނާއި މަގުމައްޗަށް ނުކުތުން އޮތީ މަނާކޮށްފައި އެވެ. އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗަށް ނުކުމެ އުޅުންވަނީ މަނާކޮށްފައި އެވެ.

އެއް ގެއިން އަނެއް ގެއަށް މީހުން ޒިޔާރަތް ކުރުން ހުއްޓާލަން އަންގާފައިވާއިރު ޕާޓީތަކާއި ހަފްލާ ތަކާއި ރަސްމިއްޔާތުތައް ބޭއްވުން މަނާކޮށްފައިވެ އެވެ. ސްކޫލްތަކަށް ކުދިން ގެންގޮސްގެން ކިޔަވައިދިނުން ހުއްޓާލަން އެންގުމުގައި އަންގާފައިވެ އެވެ.

ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނުން ޑެލިވަރީ ނޫން ހިދުމަތްތައް ހުއްޓާލަން އަންގާފައިވާއިރު ކުޅިވަރާއި ކަސްރަތުގެ ހަރަކާތްތައް ހުއްޓާލަން އަންގާފައިވެ އެވެ. އަދި ސެލޫން، ޖިމް އަދި ބޯކޮށާ ތަންތަން ބަންދުކުރުން ވެސް އަންގާފައިވެ އެވެ.

މި ފިޔަވަޅުތައް ކ. ހުރާގައިވެސް އަޅާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް