ކޯވިޑް-19 އަށް އިތުރު 241 މީހުން ޕޮސިޓިވްވެއްޖެ އެވެ.
މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 73 މީހުންނާއި އަތޮޅު ތެރެއިން 74 މީހުންނެވެ. ދެން ޕޮސިޓިވްވެފައިވަނީ ރިސޯޓުތަކުން 15 މީހުންނާއި އިންޑަސްޓްރިއަލް ރަށަކުން 79 މީހުންނެވެ.
މިއަދު ޕޮސިޓިވްވި މީހުންނާއި އެކު ކޯވިޑަށް ޕޮސިޓިވްވި މީހުންގެ އަދަދު ވަނީ 24،000 އިން މައްޗަށް އަރާފައި އެވެ.
މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 3،850 ސާމްޕަލެވެ.
މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 2،849 މީހުންނަށެވެ. އޭގެ ތެރެއިން 99 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެންނެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 21،155 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.
މި ބަލީގައި މިއަދު 66 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވެއެވެ. މިއާއި އެކު ކޯވިޑް ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 67 އަށް އަރާފައި އެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 24،079 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް