ގުޅީ ފަޅުން ހާހަކަށް ވުރެ ގިނަ ގޯތި ދޫކުރަނީ

ގުޅީ ފަޅުން 1،000 އަށްވުރެ ގިނަ ގޯތި ދޫކުރަން ނިންމައިފި އެވެ. މިކަން ހާމަ ކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކެވެ. މަބްރޫކް ވިދާޅުވީ ގުޅީ...

31 Mar 2021 | 10:45

ގުޅީ ފަޅުން 1،000 އަށްވުރެ ގިނަ ގޯތި ދޫކުރަން ނިންމައިފި އެވެ.

މިކަން ހާމަ ކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކެވެ.

މަބްރޫކް ވިދާޅުވީ ގުޅީ ފަޅުން ގޯތި ދިނުމަށް މި ސަރުކާރުން ނިންމައި ވަރަށް އަވަހަށް އެ މަޝްރޫއު ފަށާނެ ކަމަށެވެ. އެ މަޝްރޫއުގެ ދަށުން ގުޅީ ފަޅުން 1،200 ގޯތި ދޫކުރުމަށް ހަމަޖެހިފައިވެ އެވެ.

މާލެ ސަރަހައްދުގައި ގޯތި ދިނުމަށް އިތުރު މަޝްރޫއުތަކެއް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވި އެވެ. އެކަމަކު އެ މަޝްރޫއުތައް ކުރިޔަށް ގެންދާނެ ގޮތްތަކެއް އަދި ނިމިފައި ނުވާތީ ތަފްސީލް ހާމަ ކުރެވެން ނެތް ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މީގެ ކުރިން ސަރުކާރުން ވަނީ މާލޭރައްޔިތުންނަށް ބިން ދޫކުރުމަށް ފަޅެއް ހިންގަން ނިންމާފައިވާކަން ހާމަ ކޮށްފައި އެވެ. ނެދަލޭންސްގެ ބޭންކަކުން ލޯނު ނަގައިގެން ކުރިޔަށް ގެންދަން ނިންމާފައިވާ އެ މަޝްރޫއު ފެށޭނީ ލޯނު ހަމަޖެހުމުން ކަމަށް ބުނެފައިވެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މަޝްރޫއުގެ އިތުރުތަފްސީލް ސަރުކާރުން ހާމަ ކުރާނީ ލޯނު ހަމަ ޖެހުމުން ކަމަށެވެ. ލޯނު ހަމަ ނުޖެހެނީސް ރައްޔިތުންނަށް އުންމީދު ތަކެއް ދޭން ބޭނުން ނުވާ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް