ތަހުލީލު ނުކުރެވޭ 3،000 ސުންކުގެ ނަތީޖާ ދެ ދުވަސް ތެރޭގައި ހޯދަނީ

ކޯވިޑް-19ށް ތަހުލީލު ކުރުމަށް ނެގި ސުންކުތަކުގެ ތެރެއިން މިހާތަނަށް އައިއިރު 3،000ށް ވުރެ ސުންކުގެ ނަތީޖާ ލިބިފައި ނުވާ އިރު، ކުރިއަށް އޮތް ދެ ދުވަސްތެރޭގައި އެ ސުންކުތަކުގެ ނަތީޖާ ހޯދުމަށް މަސައްކަތް...

31 Mar 2021 | 10:37

ކޯވިޑް-19ށް ތަހުލީލު ކުރުމަށް ނެގި ސުންކުތަކުގެ ތެރެއިން މިހާތަނަށް އައިއިރު 3،000ށް ވުރެ ސުންކުގެ ނަތީޖާ ލިބިފައި ނުވާ އިރު، ކުރިއަށް އޮތް ދެ ދުވަސްތެރޭގައި އެ ސުންކުތަކުގެ ނަތީޖާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސިއްހަތާ ބެހޭ ވަޒީޒު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަަޖިލީހުގެ މިއަދުގެ ޖަަލްސާގައި އިއްޒަތްތެރި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ނަސީމް ވިދާޅުވީ މާލެ އާއި އަތޮޅު ތެރޭގައި ކޯވިޑް-19ގެ ވޭދަނަތައް އިތުރުވަމުން އަންނާތީ ވަރަށް ގިނަ ބަޔަކު މިހާރު ކޯވިޑް-19ށް ޓެސްޓް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން 3،000 އާއި 4،000އާ ދެމެދުގެ ސުންކުތަކުގެ ނަތީޖާ ނުލިބިވާ ކަމަށާއި އޭގެ ނަތީޖާ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސުންކުތަކުގެ ނަތީޖާ ނުލިބިގެން އުޅެނީ އެކިކަންކޮޅުތަކުގައި ޓެސްޓް ކުރެވޭނެ ވަސީލަތްތައް މަދުވެގެން ކަމަށް ވަޒީރު ވިދާޅުވިއެވެ. ގާބިލުކަން އިތުރުކުރަން ބޭނުންވާ ވަސީލަތްތައް އަންނަ މަހުގެ ތެރޭގައި ލިބޭނެ ކަމަށް ވެސް ނަސީމް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ދެ ދުވަހެއްގެ ތެރޭގައި އަޅުގަނޑުމެނަށް ސޮލިއުޝަނެއް ލިބޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިހާރު ރާއްޖޭގެ ހާލަތަށް ބަލާއިރު، މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުގައި ވެސް ކޯވިޑް-19 އަންނަނީ ހަލުއިކަމާއެކު ފެތުރެމުންނެވެ. އަދި ބައްޔަށް ޓެސްޓް ކުރާ މީހުންގެ އަދަދުތައް ގިނަ އިރު، ނަތީޖާ ނުލިބި ލަސްވުމަކީ އާންމުންގެ ވަރަށް ބޮޑަށް ޝަކުވާއެކެވެ.

ރާއްޖޭން މިހާތަނަށް 23،000 އަށް ވުރެ ގިނަ މީހުން ބައްޔަށް ފައްސިވެ 66 މީހުން ވަނީ ނިޔާވެފައެވެ. މި ބަލީގައި މިހާތަނަށް 20،000 އަށް ވުރެ ގިނަ މީހުން ރަނގަޅުވެފައިވާ އިރު، ދެހާހަށް ވުރެ ގިނަ މީހުން ދަނީ ފަރުވާ ހޯދަމުންނެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް