ހުޅުމާލެ ހޮސްޕިޓަލުގެ ސީލިންގެއް ވެއްޓި މެޝިންތަކަކަށް ގެއްލުންވި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

ހުޅުމާލެ ހޮސްޕިޓަލުގެ ސީލިންގެއް ވެއްޓި މެޝިންތަކަކަށް ގެއްލުންވި ކަމަށް ބުނެ މީސްމީޑިޔާގައި ފެތުރެމުންދާ ވާހަކަ އެ ހޮސްޕިޓަލުން ދޮގުކޮށްފިއެވެ. މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހުޅުމާލެ ހޮ...

31 Mar 2021 | 09:42

ހުޅުމާލެ ހޮސްޕިޓަލުގެ ސީލިންގެއް ވެއްޓި މެޝިންތަކަކަށް ގެއްލުންވި ކަމަށް ބުނެ މީސްމީޑިޔާގައި ފެތުރެމުންދާ ވާހަކަ އެ ހޮސްޕިޓަލުން ދޮގުކޮށްފިއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހުޅުމާލެ ހޮސްޕިޓަލުގެ ލެބޯޓަރީއެއްގެ ސީލިންގު ވެއްޓި މެޝިންތަކަކަށް ފެން އެޅިފައި ހުރި ކަމަށް ބައެއް ފަރާތްތަކުން ވަނީ މީސްމީޑީޔާގައި ޚަބަރު ފަތުރާފައެވެ.

އެ ކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން، ހުޅުމާލެ ހޮސްޕިޓަލުގެ މީޑިޔާ އޮފިޝަލަކު "ދުވަސް"އަށް ވިދާޅުވީ، އެ ފަދަ ކަމެއް ހިނގާފައި ނުވާ ކަމަށާއި މީސްމީޑިޔާގައި ފެތުރެމުން ދަނީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށެވެ.

"އެ ފަދަ ކަމެއް ހިނގާފައި ނުވޭ، މިހާ ސީރިއަސް ކަމެއް ހިނގި ނަމަ މީޑިޔާއަށް އަޅުގަނޑުމެން އެ މަޢުލޫމާތު ހިއްސާކުރާނެ" އޮފިޝަލް ވިދާޅުވިއެވެ.

ހުޅުމާލެ ހޮސްޕިޓަަލަކީ އާސަންދަ ކުންފުނިން ހިންގަމުން އަންނަ ހޮސްޕިޓަލެކެވެ. ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު އެ ހޮސްޕިޓަލުގެ ޚިދުމަތް ލިބިގަނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް