ސިންގަޕޯ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ، ސިންގަޕޯ އެއާލައިންސުން ދެން ހަފުތާއަކު ތިން ދުވަހު ރާއްޖެ އަށް ދަތުރުތައް ބާއްވާނެ ކަމަށެވެ. އެއީ އަންގާރަ، ހުކުރު އަދި ހޮނިހިރު ދުވަހު އެވެ.
https://twitter.com/VelanaAirport/status/1376809231265923072
ސިންގަޕޯ އެއާލައިންސްގެ ދަތުރުތައް ފެށުމާއެކު، ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެ އަށް އަލުން ދަތުރުތައް ފެށި ބައިނަލްއަގުވާމީ އެއާލައިންގެ އަދަދު މިހާރު ވަނީ 30 އަށް އަރައިފަ އެވެ. މީގެ ތެރޭގައި ސިންގަޕޯ އެއާލައިންސްގެ ދަށުން ހިންގާ ސިލްކު އެއާވެސް ހިމެނެ އެވެ.
ސިންގަޕޯ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް މެދުކަނޑާލީ ކޯވިޑާއި ގުޅިގެން މިދިޔަ އަހަރު ރާއްޖޭގެ ބޯޑަރު ބަންދު ކުރުމުންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ މިހާތަނަށް ދެ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަށް އައިސްފައިވެ އެވެ.
މި މަހު އެކަނިވެސް އެއް ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން ވަނީ އައިސްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް