ހުރާއިން ޕޮސިޓިވްވި މީހުންގެ އަދަދު 100އަށް

ކ. ހުރާއިން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު 100 އަށް އަރައިފި އެވެ. އެޗްޕީއޭގެ އެންމެ ފަހުގެ މައުލޫމާތުތައް ބުނާގޮތުގައި އަތޮޅު ތެރޭގައި ބަލިފެތުރެމުންދާ ރަށްތަކުގެ ތެރެއިން އެންމެ ގިނަ އެކް...

31 Mar 2021 | 04:17

ކ. ހުރާއިން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު 100 އަށް އަރައިފި އެވެ.

އެޗްޕީއޭގެ އެންމެ ފަހުގެ މައުލޫމާތުތައް ބުނާގޮތުގައި އަތޮޅު ތެރޭގައި ބަލިފެތުރެމުންދާ ރަށްތަކުގެ ތެރެއިން އެންމެ ގިނަ އެކްޓިވް ކޭސްތައް ހުރީ އެ ރަށުގައި އެވެ. އެ ރަށުގައި މިވަގުތު ކޯވިޑް ޖެހިފައިވާ ޖުމްލަ 100 މީހުން ކަރަންޓީން ކޮށްފައި އެބަތިއްބެވެ.

އިއްޔެ އެ ރަށުން އިތުރު ހަތަރު ދިވެއްސަކު ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އެއީ ޕޮސިޓިވްވި މީހުންނާއި ކޮންޓެކްޓުވެފައިވާ މީހުންނެވެ.

ހުރާގައި ތިބި ޕޮސިޓިވް މީހުންގެ ތެރޭގައި ހިމެނެނީ 81 ދިވެހިންނާއި 19 ބިދޭސީންނެވެ.

އޭގެ ތެރޭގައި ހިމެނެނީ ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ޕޮސިޓިވްވި 27 މީހުންނާއި ހޯމް ކަރަންޓީން ފުރިހަމަ ކުރި ދެ މީހުންނެވެ. ދެން ޕޮސިޓިވްވެފައިވަނީ ޕޮސިޓިވް ކޭސްތަކާއި ގުޅުން ހުރި ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވިފައިވާ 65 މީހުންނާއި އެރަށުން ފުރުމުގެ ކުރިން ޓެސްޓު ކުރި ހަ ޓޫރިސްޓެކެވެ.

މި ކޭސްތަކާއި ގުޅިގެން ހުރީ އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ.

މިވަތުތު އަތޮޅު ތެރޭގައި 520 ޕޮސިޓިވް ކޭސް އެބަ ހުއްޓެވެ. އޭގެ ތެރެއިން 385 ދިވެހިންނާއި 135 ބިދޭސީންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވް ވެފައިވަނީ 23،838 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް