ރޯދަ މަހަށް ހާއްސަ އަގުތަކުގަ އެސްޓީއޯއިން ފިޔާ، އަލުވި، ބިސް ވިއްކަން ފަށައިފި

ކުރިޔަށް އޮތް ރޯދަ މަހު އެސްޓީއޯއިން ފިޔާ، އަލުވި އަދި ބިސް ވިއްކާނެ އަގުތައް ކަނޑައަޅައިފި އެވެ. އެ ކުންފުނިން ބުނީ އިއްޔެއިން ފެށިގެން އެސްޓީއޯ ސުޕާމާޓުންނާއި އަތޮޅުތަކުގައި ގާއިމްކޮށްފައިވާ އެ ކުން...

31 Mar 2021 | 04:04

ކުރިޔަށް އޮތް ރޯދަ މަހު އެސްޓީއޯއިން ފިޔާ، އަލުވި އަދި ބިސް ވިއްކާނެ އަގުތައް ކަނޑައަޅައިފި އެވެ.

އެ ކުންފުނިން ބުނީ އިއްޔެއިން ފެށިގެން އެސްޓީއޯ ސުޕާމާޓުންނާއި އަތޮޅުތަކުގައި ގާއިމްކޮށްފައިވާ އެ ކުންފުނީގެ ފިހާރަތަކުން ރޯދަމަހަށް ހާއްސަކޮށް ކަނޑައަޅާފައިވާ ހެޔޮ އަގުތަކުގައި އަލުވި، ބިސް އަދި ފިޔާ ގަންނަން ލިބޭނެ ކަމަށެވެ.

ރީޓެއިލްކޮށް ވިއްކާ އަގުތައް:

ފިޔާ ކިލޯއެއް: 9.50 ރުފިޔާ

އަލުވި ކިލޯއެއް: 9 ރުފިޔާ

ބިހެއް: 1.40 ރުފިޔާ

ހޯލްސޭލް ކޮށް ވިއްކާ އަގުތައް:

ފިޔާ ބަސްތާއެއް: 200 ރުފިޔާ

އަލުވި ބަސްތާއެއް: 185 ރުފިޔާ

ބިސް ކޭހެއް: 265 ރުފިޔާ

ކޮންމެ އަހަރަކު ރޯދަ މަހާއި ދިމާކޮށް އެސްޓީއޯއިން މި ތިން ބާވަތުގެ އަގުހެޔޮ ކުރެ އެވެ. މިއީ ރޯދަ މަހު ދިވެހިންގެ މެދުގައި އެންމެ ޑިމާންޑު ބޮޑު ތިން ބާވަތެވެ.

މިދިޔަ އަހަރުތަކގައި އެސްޓީއޯއިން ފުރަތަމަ ގެންނަ ޝިޕްމެންޓް ރޯދަ މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ހުސްވުމުގެ މައްސަލަ ދިމާވެފައިވާއިރު ބާޒާރުން މި ތިން ބާވަތް ގަންނަން ނުލިބޭ ތަން އައިސްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް