ޗައިނާއިން ހަދިޔާކުރި ވެކްސިންގެ ދެ ވަނަ ޝިޕްމަންޓް ރާއްޖެ ގެނެސްފި

ޗައިނާގެ ސަރުކާރުން ރާއްޖެއަށް ދޭނެ ކަމަށް އިއުލާނުކޮށްފައިވާ، ކޯވިޑް-19 ދިފާޢީ ވެކްސިން، ސައިނޮފާމް ވެކްސިންގެ 200000 ޑޯޒްގެ ދެ ވަނަ ޝިޕްމަންޓް ރާއްޖެ ގެނެސް މިއަދު ސަރުކާރާ ހަވާލުކޮށްފި އެވެ. ފޮރިން...

31 Mar 2021 | 03:59

ޗައިނާގެ ސަރުކާރުން ރާއްޖެއަށް ދޭނެ ކަމަށް އިއުލާނުކޮށްފައިވާ، ކޯވިޑް-19 ދިފާޢީ ވެކްސިން، ސައިނޮފާމް ވެކްސިންގެ 200000 ޑޯޒްގެ ދެ ވަނަ ޝިޕްމަންޓް ރާއްޖެ ގެނެސް މިއަދު ސަރުކާރާ ހަވާލުކޮށްފި އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޗައިނާއިން ހަދިޔާކުރަން ނިންމާފައިވާ 200000 ޑޯޒް ވެކްސިންގެ ތެރެއިން ނުގެނެވި ހުރި 100000 ޑޯޒްގެ ވެކްސިން މިއަދު ގެނެސްފައިވާ ކަމަށެވެ.

މި ޝިޕްމަންޓް ރާއްޖެ ގެނެސްފައި ވަނީ ދިވެހި ގައުމީ އެއާރލައިން މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.

https://twitter.com/abdulla_shahid/status/1377088455453204484

ޝާހިދު ވަނީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުން ފާހަގަކުރައްވައި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ޖަންގް ލިޖޮންގް މި މަސައްކަތުގައި ކުރެއްވި ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް