ރޭގައި ނިޔާވި ސިފައިންގެ މީހާ ކޮވިޑަށް ޕޮޒިޓިވް

ލ. ކައްދޫގައި ރޭގައި ނިޔާވި އެމްއެންޑީއެފް މީހާ ކޮވިޑަށް ޕޮޒިޓިވްކަން ގަމު ރީޖަނަލް ހޮސްޕިޓަލުން ހާމަކޮށްފިއެވެ. ދުވަހަށް މައުލޫމާތުދެއްވަމުން އެ ހޮސްޕިޓަލުގެ މެނޭޖަރ އަލީ ނަޝީދު ވިދާޅުވީ ނިޔާވި މީހާ ...

31 Mar 2021 | 03:52

ލ. ކައްދޫގައި ރޭގައި ނިޔާވި އެމްއެންޑީއެފް މީހާ ކޮވިޑަށް ޕޮޒިޓިވްކަން ގަމު ރީޖަނަލް ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން އެ ހޮސްޕިޓަލުގެ މެނޭޖަރ އަލީ ނަޝީދު ވިދާޅުވީ ނިޔާވި މީހާ ރޭގައި ކޮވިޑަށް ޓެސްޓް ކުރި އިރު ނަތީޖާ ޕޮޒިޓިވް ކަމަށެވެ.

"މިހާރު ކޮންޓެކްޓް ޓްރޭސިން ކަންތައް ކުރިއަށް ގެންގޮސްފަ ވީ" ނަޝީދު ވިދާޅުވިއެވެ.

ނިޔާވެފައިވަނީ އެމްއެންޑީއެފްގެ ލާންސްކޯޕްރަލް ހުސެއިން ފާރިޝްއެވެ.

މޫދަށް އެރި އުޅެނިކޮށް ގެއްލިގެން ހޯދަމުންދަނިކޮށް ފާރިސް ހަށިގަނޑު ފެނުނީ މޫދު އަޑިންނެވެ. މަސް ހިފަން މޫދަށް ދިޔަ ކަމަށް އެމްއެންޑީއެފުން ރިޕޯޓްކޮށްފައިވަނީ ހަވީރު 5:40 ހާއިރުގައެވެ. ހަށިގަނޑު ފެނުނު ކަމަށް ރިޕޯޓްކޮށްފައިވަނީ ރޭ 08:50 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް