2022 ވަނަ އަހަރު ގަތަރުގައި ބޭއްވޭ ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި ރޭ ލަގްޒަމްބާގް އާއި ދެކޮޅަށް ކުޅުނު މެޗުން ޕޯޗުގަލް މޮޅުވެއްޖެއެވެ.
ގްރޫޕް އޭގައި ހިމެނޭ ޕޯޗުގަލް މޮޅުވީ ލަގްޒަމްބާގް އަތުން ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުންނެވެ.
ލަގްޒަމްބާގުގައި ކުޅުނު މި މެޗުގައި ޕޯޗުގަލްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު، މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ޕޯޗުގަލްއިންނެވެ. އެގޮތުން މެޗުގެ 30 ވަނަ މިނެޓުގައި ލަގްޒަމްބާގަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވާޑް ޖާސަން ރޮޑްރިގޭސެވެ.
މި ލަނޑާއި އެކު ޕޯޗުގަލްއިން ކުޅުން އިތުރަށް ވަރުގަދަ ކުރިއިރު، އެޓީމުން ވަނީ ލަގްޒަމްބާގްގެ ގޯލާއަމާޒުކޮށް ހަމަލާތައް އުފައްދާ އެޓީމުގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޑިއޯގޯ ޖޮޓާ ވަނީ ޕޯޗުގަލަށް އަށް ލަނޑެއް ޖަހައިދީ މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.
ދެޓީމުވެސް އެއްވަރެއްގައި އިވެ މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، މި މެޗުގައި ޕޯޗުގަލުން ފަހަތުން އަރައި ލީޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައެވެ. މި ލަނޑު އެ ޤައުމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އަދި މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް ޖޮއާއޯ ޕަލީނިއާ ވަނީ އިތުރު ލަނޑެއް ޖަހާ ޕޯޗުގަލަށް ލީޑު ފުޅާކޮށްދީފައެވެ.
މި ޕޯޗުގަލް މޮޅުވިއިރު، ގްރޫޕް އޭގެ އެއްވަނައިގައި އެ ޤައުމު އޮތީ ކުޅުނު ތިން މެޗުން ލިބު ހަތް ޕޮއިންޓާއެކުއެވެ. ޕޮޗުގަލްއާއި އެއް އަދަދަކަށް ޕޮއިންޓު ލިބިގެން ތާވަލުގެ ދެވަނައިގައި އޮތީ ސާބިއާއެވެ. ތިންވަނާގައި ތިން ޕޮއިންޓާއި އެކު ގުރޫޕުގެ ތިންވަނާގައި އޮތީ ލަގްޒަމްބާގްއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް