އިންޑިއާގެ މަޝްހޫރު ޓީވީ ތަރިން ކަމަށްވާ އަލީ ގޯނީ އާއި ޖޭސްމިން ބާސިން ލޯބީގެ ގޮތުން ގުޅުނުތާ އަދިވީ ދެ މަހެއްހާ ދުވަހެވެ.
މީގެ ކުރިން ވަރަށް ގާތް ދެ އެކުވެރިންގެ ގުޅުން ލޯބީގެ ގުޅުމަށް ބަދަލު ކުރީ ކަލާސް އިން ދައްކާ ރިއަލިޓީ ޝޯ "ބިގް ބޮސް14" ގެ ތެރެއިންނެވެ. މިދިޔަ ދެ މަހެއްހާ ދުވަހު އެ ދެމީހުން ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފަ އެވެ.
ގުޅުން ރަނގަޅަށް ފަށައި ނުގަނެވިގެން އުޅެނިކޮށް މިހާރު ދަނީ އެ ދެ ތަރިން ކައިވެނި ކުރާނެ ދުވަހާއި ގުޅޭގޮތުން ބަހުސް ކުރެވެމުންނެވެ. މިފަހަރު ދިމާވީ އެކަހަލަ ކަމެކެވެ.
ޖޭސްމިން މުމްބާއީގެ ސެލޫންއަކުން ނުކުންނަނިކޮށް ޕަޕަރާޒީން ވަނީ އޭނާގެ ފޮޓޯ ނަގައި އަލީ އާއި ކައިވެނި ކުރަނީ ކޮން ދުވަހަކުންތޯ އާއި ކައިވެނީގެ ވާހަކަތައް ދެކެވެނީ ކިހިނެތްތޯ ސުވާލު ކޮށްފައި އެވެ. އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ އެ ސުވާލު ކުރުމުން އޭނާ ވަރުގަދަ ހިނިގަނޑެއް ޖަހާލާތާނެވެ.
ޖޭސްމިން ބުނީ ކައިވެނި ކުރުމަކީ އަދި ނުވާނެ ކަމެއް ކަމަށެވެ. އަދި ދެމީހުން ކައިވެންޏާއި ގުޅޭޮތުން މިހާތަނަށް އެއްވެސް ވާހަކައެއްދައްކާފައިނުވާނެ ކަމަށް ބުނެފައިވެ އެވެ.
ޖޭސްމިން ބުނީ އަލީ އާއި ދެމީހުންގެ ގުޅުން އަދި ހަމަ ފެށުނީ ކަމަށެވެ.
ޖޭސްމިން އާއި އަލީ ފުރަތަމަ އެކުގައި ފެނިފައިވަނީ ރިއަލިޓީ ޝޯ "ކަތްރޯން ކީ ކިލާޑީ" އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް