ކޯވިޑް-19 އާއި ގުޅިގެން އުރީދޫ މޯލްޑިވްސްގެ ސުޕަރނެޓް ކަސްޓަމަރުންނަށް ދުވާލަކު 5 ޖީބީ ޑޭޓާ ހިލޭ ލިބޭ އޮފަރ އެއް އިއުލާންކޮށްފިއެވެ.
ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޯވިޑް-19 އާއި ގުޅިގެން އާންމު ދިރިއުޅުމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ދިމާވެފައެވެ. ގޭގައި ތިބެގެން މަސައްކަތް ކުރުމަށާއި، އިންޓަނެޓް މެދުވެރިކޮށް ކުދިންގެ ކިޔެވުން ކުރިއަށް ގެންދިޔުމަށްވެސް ވަނީ މަޖުބޫރުވެފައެވެ.
މި ދަތިތަކަށް ލުއިކަމެއް ގެނެސްދީ، ގައިދުރުކަން ބަހައްޓާ، ގޭގައި ތިބުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރުން ނަންގަވާފައިވާ އިސްނެގުމާއި އެއްގޮތުގެމަތިން، އުރީދޫ މޯލްޑިވްސްގެ ސުޕަރނެޓް ކަސްޓަމަރުން ނަންގަވައިފައިވާ ޕްލޭންއަށް ހަމަޖެހިފައިވާ ޑޭޓާ ހަމަވުމުން، ދުވާލަކަށް ފަސް ޖީބީ ޑޭޓާ މުޅިން ހިލޭ ލިބޭނެ ކަމަށް އުރީދޫން މިއަދު މިވަނީ އިއުލާނު ކޮށްފައެވެ.
އުރީދޫން ސުޕަރނެޓް ކަސްޓަމަރުންނަށް ދުވާލަކު ފަސް ޖީބީ ދޭން ނިންމާފައިވާއިރު މެލޭޝިޔާގައި މުވާސަލާތީ ހިދުމަތް ދެމުން އަންނަ ސެލްކޮމް، ޑިޖި، މެކްސިސް އަދި ޔޫ-މޯބައިލްގެ ކަސްޓަމަރުންނަށް ކޯވިޑް-19ގެ ހާލަތުގައި ދޭން ނިންމާފައިވަނީ ދުވާލަކު އެއް ޖީބީއެވެ. އެއީ ހެނދުނު 08:00 އާއި އިރުއޮއްސި 06:00 އާއި ދެމެދުގެ ވަގުތުތަކުގައި ބޭނުން ކުރެވޭގޮތަށެވެ.
ކޯވިޑް-19 އާއި ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތަކަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން، ދިވެހި ސަރުކާރާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުގެ މަތިން، މި އޮފަރ ތައާރަފް ކުރެވިފައި ވަނީ އާދައިގެ މަތިން ޑޭޓާ ބޭނުންކުރާވަރަށްވުރެ ގިނައިން ޑޭޓާ ބޭނުންކުރަންޖެހިފައި ވުމާއެކު، އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދެއްވާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ޞާލިހު ވެފައިވާ އެދިލެއްވުމަކަށެވެ.
މި އޮފަރ ގެ މަގްސަދަކީ ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުންކުރުމުގައި އަންލިމިޓެޑް ތަޖުރިބާއެއްދިނުމެވެ. މިގޮތުން، ނަންގަވާފައިވާ ޕްލޭންއަށް ހަމަޖެހިފައިވާ ޑޭޓާ ހުސްވުމާއެކު، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހިލޭ ޑޭޓާ އެލަވަންސް އެކްޓިވޭޓްވެ، މެދުކެނޑުމެއްނެތި އިންޓަނެޓްގެ ޚިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެއެވެ. ސުޕަރނެޓް ކަސްޓަމަރުން ނަންގަވާފައިވާ ޕްލޭންގެ ޑޭޓާ އެލަވަންސް ބޭނުންކުރެވުމާއެކު، 5 ޖީބީ ގެ އެލަވަންސް ކޮންމެ 24 ގަޑިއިރުން އެއްފަހަރު އަލުން އެކްޓިވޭޓްވެގެންދާނެއެވެ. މި އެލަވަންސްއަކީ ކޯވިޑް-19 އާއި ގުޅިގެން ސުޕަރނެޓް ކަސްޓަމަރުންނަށް ތައާރަފް ކޮށްފައިވާ %25 ހިލޭ ލިބޭ ޑޭޓާ އެލަވަންސްގެ އިތުރުން ލިބޭ އެލަވަންސްއެކެވެ. މި ޙާއްސަ އޮފރ އޭޕްރިލް މަހުން ފެށިގެން ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.
މި އޮފަރ ގެ އިތުރުން އުރީދޫ މޯލްޑިވްސްއިން ދަނީ އަގަކާ ނުލާ، ކޯވިޑް-19 ހުއްޓުވުމަށް ކުރަމުންދާ މަސައްކަތަށް އެހީ ވުމުގެ ގޮތުން އިތުބާރުހިފޭ ހަލުވި އިންޓަނެޓް ފޯރުކޮށް، ކަސްޓަމަރުންނަށް ލުއި ފަސޭހަ ކޮށްދިނުމަށް އިތުރު މަސައްކަތްތަކެއްވެސް ކުރަމުންނެވެ. ސަރުކާރުގެ އެދިލެއްވުމާއި އެކު، އުރީދޫ އިން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަންކަމުގެ ތެރޭގައި:
- ކޯވިޑް-19 ޓާސްކްފޯރސް ސެންޓަރުތަކަށް ހިލޭ އިންޓަނެޓް ފޯރުކޮށްދިނުން
- މަޖުބޫރީ އެކަހެރިކަމުގަ އާއި ކަރަންޓީންގައި ތިބި މީހުންނަށް ހިލޭ އިންޓަނެޓް ފޯރުކޮށްދިނުން
- މާލީ ދަތިތަކާ ކުރިމަތިވެފައިވާ ކަސްޓަމަރުންނަށް ހާއްސަ ޕްލޭނެއް ތައާރަފް ކުރުން
މި ޕެންޑެމިކް އާއި ގުޅިގެން އުރީދޫ މޯލްޑިވްސްއިން ވަނީ އުރީދޫގެ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށްވެސް 25% ބޯނަސް ޑޭޓާ ލިބޭ ހާއްސަ އޮފަރ އެއް ތައާރަފްކޮށްފައެވެ. ކޯވިޑް-19 އިން ރައްކާތެރިކަން ހޯދުމަށް ކުދިންގެ ކިޔެވުމާއި، ކުންފުނިތަކުން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކާއި، މީޓިންގްތައްވެސް ޑިޖިޓަލްކޮށް ކުރިޔަށް ގެންދަން ޖެހިފައިވުމާއެކު، ދިމާވާ ދަތިތަށް ލުއިކޮށްދިނުމުގެ މަގްސަދުގައި އުރީދޫ މޯލްޑިވްސްއިންދަނީ އިތުރަށްވެސް މަސައްކަތްކުރަމުންނެވެ.
އުރީދޫގެ ސީއީއޯ އަދި އެމްޑީ، ނަޖީބް ޚާން ވިދާޅުވީ:
"އަޅުގަނޑުމެންގެ އާއިލާތަކާއި ވިޔަފާރިތަކުން، މީގެ ކުރިން ލަފާވެސްކުރެވިފައިނުވާ ގޮންޖެހުންތަކާއި ކުރިމަތިލަމުންދާ މި ދަނޑިވަޅުގައި، ގޭގައި ތިބެގެން ހުރިހާކަމެއް ހަމަޖެއްސުމުގައި އަޅުގަނޑުމެންގެ ފަރާތުން އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އަރުވަން. މުޅި ދުނިޔެއަށް ބެލިކަމުގައިވިޔަސް، އާއިލާތަކާއި ވިޔަފާރިތަކަށް ކުރިމަތިލާން ޖެހިފައި މިވަނީ މީގެ ކުރިން ތަޖުރިބާކޮށްފައިނުވާ އާ ގޮންޖެހުމަކާ. އަޅުގަނޑުމެންވެސް މިކަންކަމާއި ކުރިމަތިލާ ހިނދު، އެންމެ މުހިއްމު އިސްކަމެއް ދޭނީ އެންމެ އެކަށޭނެ ޚިދުމަތްތައް މެދުވެރިކޮށް ކޮވިޑް-19 ގެ އަސަރުކޮށްފައިވާ އެންމެހާ ފަރާތްތަކަށް އެޙިތެރިވުމަށް. މި ނާޒުކު ދަނޑިވަޅުގައި އެންމެހާ ފަރާތްތައް ގުޅުވައިދިނުމަށްޓަކައި، އެންމެ ރަނގަޅު ފެންވަރުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެކަމުގެ ޔަގީންކަން ކަސްޓަމަރުންނަށް އަރުވަން."
"މި ހާލަތުގައި އިންޓަނެޓްގެ ބޭނުން އެންމެ އެދެވޭގޮތުގައި ބޭނުންކުރުމަށް ކަސްޓަމަރުންނަށް އަޅުގަނޑު އިލްތިމާސްކުރަން. ރާއްޖޭގެ އެކިކަންކޮޅުތަކުގައި، އާއިލީ ގުޅުން ދެމެހެއްޓުމަށާއި، ވިޔަފާރި ހިންގުމަށާއި، ޑޮކްޓަރުންގެ ޚިދުމަތް އޮންލައިނންކޮށް ހޯދުން ފަދަކަންކަމަކީ އިންޓަނެޓްގެ ވަސީލަތްތަކަށް ބަރޯސާވާ ކަންކަން. ބްރޯޑްބޭންޑަކީ ކަނޑައެޅިފައިވާ ވަކި ވަރަކަށް ލިބިފައިވާ ރިސޯސްއެއް. ވަކިން ހާއްސަކޮށް، ބޭނުންކުރެވޭ ނިސްބަތް ކުރުމުއްދަތެއްގެ ތެރޭގައި މަތިވަމުންދާނެ މި ފަދަ ހާލަތްތަކުގައި، އެންމެ ގިނަ ފަރާތްތަކަށް ފައިދާކުރާނެގޮތަށް، އެންމެ އެދެވޭގޮތުގައި އިންޓަނެޓްގެ ބޭނުން ހިފުމަށް އަޅުގަނޑު އެދެން. އިންޓަނެޓްގެ ޚިދުމަތްދޭ ކުންފުންޏެއްގެ ގޮތުން، މި ފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ކެޕޭސިޓީ އިތުރުކުރުމަށް އަޅުގަނޑުމެން ވަނީ ވަރަށް ގިނަ އިންވެސްޓްމަންޓްތަކެއްކޮށްފައި. ހުރިހާ ވަގުތެއްގައިވެސް ޔަގީންކަމާއި އެކު އަޅުގަނޑުމެންގެ މި ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ޓީމަށް ޝުކުރު އަދާކުރަން. ރާއްޖޭގައި އުރީދޫ ގާއިމްވީއްސުރެ، ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް ކުރަމުންދާ މަސައްކަތުގައި އަޅުގަނޑުމެން ދެމިތިބިކަމުގެ ޔަގީންކަން އަރުވަން."
މޯބައިލް ޑޭޓާ ބޭނުންކުރެވޭ މިންވަރު މަދުކުރުމަށް ފަސޭހައިން އެޅިދާނެ ފިޔަވަޅުތައް:
- ހުޅުވާފައި ހުންނަ އެޕުތައް ލެއްޕުން (ކްލޯޒްކުރުން)
- މުހިއްމުނޫން ބޭނުން ނުކުރާ އެޕުތައް ފޮހެލުން
- ބެކްގްރައުންޑް ޑޭޓާ ބޭނުންނުކުރާ ގޮތަށް ފޯނުގެ ސެޓިންގ ބަދަލުކުރުން
- ނެޓްފްލިކްސް، ޔޫޓިއުބް ފަދަ އެޕުތަކުން ސްޓްރީމް ކުރާ ފެންވަރު ދަށްކުރުން
- ޔޫޓިއުބް، ފޭސްބުކް، އަދި އިންސްޓަގްރާމުން އަމިއްލައަށް ވީޑިއޯ ޕްލޭ ނުކުރާގޮތް ހެދުން
- ޓީވީ ބެލުމުގެ ފުރުސަތު އޮތް ހާލަތްތަކުގައި ސްޓްރީމް ނުކޮށް ޓީވީ އިޙްތިޔާރު ކުރުން
ކޯވިޑް-19 ޕެންޑެމިކް އާއި ގުޅިގެން، ކަސްޓަމަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އުރިދޫ މޯލްޑިވްސް އިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިކަމާއި ގުޅޭ އިތުރު މައުލޫމޯތު ހޯއްދެވުމަށް، www.ooredoo.mv/covid-19 އަށް ޒިޔާރަތްކުރައްވާށެވެ.
ކޮވިޑް-19 ޕެންޑެމިކްގެ ސަބަބުން ދިވެހިރާއްޖެއަށް ދިމާވެފައި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުން އަރައިގަތުމަށް ކުރެވެމުންދާ މަސައްކަތްތަކަށް، ދިވެހި ސަރުކާރާއި، އެޗް.ޕީ.އޭ އަދި ކަމާއި ގުޅޭ އެކި ސްޓޭކް ހޯލްޑަރުންނާއި ގުޅިގެން، އުރީދޫ މޯލްޑިވްސްއިން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުންދެމުން ގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް