ައައްޑޫން ކޯވިޑް-19 އަށް ޓެސްޓު ކުރި އެންމެން ނެގެޓިވް

އައްޑޫ ސިޓީން ކޯވިޑް-19 އަށް ޓެސްޓު ކުރި އެންމެން ބައްޔަށް ނެގެޓިވް ވެއްޖެ އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ އެ ސިޓީން ތިން މީހަކު ވައިރަހަށް ޓެސްޓު ކުރި ކަމަށެވެ. އެމީހު...

31 Mar 2020 | 10:05

އައްޑޫ ސިޓީން ކޯވިޑް-19 އަށް ޓެސްޓު ކުރި އެންމެން ބައްޔަށް ނެގެޓިވް ވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ އެ ސިޓީން ތިން މީހަކު ވައިރަހަށް ޓެސްޓު ކުރި ކަމަށެވެ. އެމީހުން ޓެސްޓު ކުރީ ކޯވިޑް-19 ގެ އަލާމާތްތައް ގައިން ފެންނާތީ ކަމަށް ބުނެފައިވެ އެވެ.

ޓެސްޓުކޮށްފައިވަނީ ތިން ދިވެހިންނެވެ. އެއީ ކޮން ކޭސްތަކަކާއި ގުޅޭ މީހުންނެއް ކަމެއް ނޭނގެ އެވެ.

އެކަމަކު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އާދިއްތަ ދުވަހު މަބްރޫކް އަޒީޒް ވިދާޅުވެފައިވަނީ އައްޑޫއިން ޝައްކު ކުރެވޭ އަލާމާތްތަކާއި އެކު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ފަރުވާ ހޯދަން މީހަކު ދިޔަ ކަމަށެވެ. އެމީހާ އަކީ އިންޑިއާގެ ކޮޗިން އަށް ދަތުރުކޮށްފައިވާ މީހެއް ކަމަށް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އެ ހޮސްޕިޓަލްގެ ޑޮކްޓަރަކާއި ދެ ނަރުހުން ވަނީ ސެލްފް އައިސޮލޭޝަންގައި ބައިިތިއްބާފަ އެވެ. އެ ތިން މީހުން އައިސޮލޭޓް ކުރަން ނިންމީ ފަރުވާ ދިން އިރު ރައްކާތެރިކަމުގެ ހެދުން ނުލާ ތިބުމުން އެމީހާގެ ޓެސްޓުގެ ނަތީޖާ ލިބެންދެނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް