އިންޑިއާގައި އައިސޮލޭޝަން ފެސިލިޓީގެ ގޮތުގައި ރޭލުތައް ބޭނުން ކުރަނީ

ނުރައްކާތެރި ކޮރޯނާ ވައިރަސް ޖެހިގެން އިންޑިއާގައި ފަރުވާ ދެމުންދާ މީހުންނަށް ފަރުވާ ދިނުމަށް ރެއިލްތައް ތައްޔާރީ ހާލަތަށް ގެންނަން އިންޑިއާ ސަރުކާރުން އަންގައިފި އެވެ. އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކ...

31 Mar 2020 | 07:55

ނުރައްކާތެރި ކޮރޯނާ ވައިރަސް ޖެހިގެން އިންޑިއާގައި ފަރުވާ ދެމުންދާ މީހުންނަށް ފަރުވާ ދިނުމަށް ރެއިލްތައް ތައްޔާރީ ހާލަތަށް ގެންނަން އިންޑިއާ ސަރުކާރުން އަންގައިފި އެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ރެއިލްތަކުގައި ހުންނަ ސީޓުތައް މިހާރު ދަނީ އެނދުތަކުގެ ގޮތުގައި ބޭނުން ކުރަން ތައްޔާރު ކުރަމުންނެވެ. އަދި ބަލި މީހުންނަށް ފަރުވާދޭ ޑޮކްޓަރުންނާއި މެޑިކަލް ސްޓާފުން ތިބުމަށްވެސް ރެއިލްތަކުގެ އެކި ކޮޓަރިތައް ހާއްސަކޮށް، ތައްޔާރީ ހާތަށް ގެންނަން ވަނީ އަންގާފަ އެވެ.

އައިސޮލޭޝަން ފެސިލިޓީގެ ގޮތުގައި ބޭނުން ކުރުމަށް ފަސް ސަރަހައްދެއްގެ ރެއިލްތަކުގައި5،000 އެނދު މިހާރު ވަނީ ތައްޔާރުކޮށްފައިވެ އެވެ. ޖުމްލަ މި މަސައްކަތް ނިމޭއިރު20،000 އެނދު ރެއިލްތަކުގައި އައިސޮލޭޓް ކުރަން ބޭނުން ކުރާނެ އެވެ.

އައިސޮލޭޝަން ފެސިލިޓީތަކުގެ ގޮތުގައި ބޭނުން ކުރުމަށް ތައްޔާރު ކުރަމުންދާ މި ރެއިލްތަކުގައި އާންމުކޮށް ހުންނަނީ ކޮންމެ ކޮޓަރިއެއްގައި ތިރީގައި ދެ އެނދާއި މަތީގައި ދެ އެނދެވެ. އެކަމަކު އައިސޮލޭޝަން ފެސިލިޓީގެ ގޮތުގައި ބޭނުން ކުރާއިރު ކޮންމެ ކޮޓަރިއެއްގައި ހުންނާނީ އެންމެެ އެންދެއް ކަމަށާއި ބަލިމީހުން މާ ގިނަވެ ޖާގަ ނެތް ހާލަތެއްގައި ދެ އެނދު ބަހައްޓާނެ އެވެ.

ކޮރޯނާ ވައިރަސް އާއި ގުޅިގެން އިންޑިއާ މިވަގުތު ލޮކް ޑައުންއެއްގައި އޮތް އިރު އެ މުއްދަތު އިތުރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ. މިހާރު ލޮކް ޑައުން ކޮށްފައި އޮތީ21 ދުވަހަށެވެ.

މިހާތަނަށް އިންޑިއާއިން ކޯވިޑް-19 ގެ1251 ކޭސް ފެނިފައިވާއިރު މި ބަލީގައި32 މީހަކު ވަނީ މަރުވެފައި އެވެ. މިހާތަނަށް އިންޑިއާގައި ބަލިން ރަނގަޅުވެފައި ވަނީ309 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް