އެމްއެންޑީއެފުން ބަޑިޖަހާ ތަމްރީނުތަކެއް ހުޅުލޭގެ ބޭރުގައި ކުރިއަށްގެންދަނީ

އެމްއެންޑީއެފުން ބަޑި ޖަހާ ތަމްރީނުތަކެއް ހުޅުލޭގެ ބޭރުގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާތީ އެސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ޓްރާންސްޕޯޓް އޮތޯރިޓީން އިލްތިމާސް ކޮށްފިއެވެ. ޓްރާނ...

31 Mar 2020 | 07:19

އެމްއެންޑީއެފުން ބަޑި ޖަހާ ތަމްރީނުތަކެއް ހުޅުލޭގެ ބޭރުގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާތީ އެސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ޓްރާންސްޕޯޓް އޮތޯރިޓީން އިލްތިމާސް ކޮށްފިއެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނީ އަންނަ މަހުގެ ހަވަނަ ދުވަހުން ފެށިގެން ނުވަ ވަނަ ދުވަހަށް އެމްއެންޑީއެފް އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީން ހުޅުލޭގެ އިރުމަތީ ފަރާތުން ހަތް ނޯޓިކަލް މޭލު ބޭރުގައި ކުރިއަށް ގެންދާނެ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ހެދުނު 06:00 އިން ހަވީރު 6:00 އަށް އެތަމްރީނު ތައް ކުރިއަށް ގެންދާނެ ކަމަށް އެއޮތޯރިޓީން ވަނީ ބުނެފައެވެ.

ތަމްރީންގައި މެޝިންގަން ފަޔަރިން ބޭނުން ކުރުމަށް ނިންމާފައިވާއިރު ވައިގެ ސަރަހައްދު ބޭނުންކުރެވޭނެ އެންމެ ދުރުމިނަކީ 5000 މީޓަރު ކަމަށާއި އެންމެ އުސްމިނަކީ 100 މީޓަރު ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބުނެފައެވެ. އަދި އެންމެ ތިރިން ބަޑިޖަހާނީ ސީލެވެލް އާއި ހަމައަށް ކަމަށް ވެސް އެއޮތޯރިޓީން ބުނެއެވެ.

އެއޮތޯރިޓީން ވަނީ އެތަމްރީނުތައް ކުރިއަށްދާއިރު ހުޅުލޭގެ އިރުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށް އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް