ޑްރަގް ވިޔަފާރީގެ އިސްމީހެއް ކަމަށްވާ އަރުޝަދު ކޯޓުން ދޫކޮށްލައިފި

މިދިޔަ ޖެނުއަރީ މަހު ފުލުހުން ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަންގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރި ކުރާ ނެޓްވޯކް އަތުލައިގެ ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ އެ ނެޓްވޯކްގެ އި...

31 Mar 2020 | 07:09

މިދިޔަ ޖެނުއަރީ މަހު ފުލުހުން ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަންގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރި ކުރާ ނެޓްވޯކް އަތުލައިގެ ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ އެ ނެޓްވޯކްގެ އިސް މީހާ އަރުޝަދު ހާލިދު ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.

ޖެނުއަރީ މަހުގެ30 ވަނަ ދުވަހު އަރުޝަދާއި އެކު މި މައްސަލައިގަ ނުވަ މީހަކު ހައްޔަރު ކުރި އެވެ. މި މައްސަލައިގަ ހައްޔަރު ކުރި މީހުންގެ ތެރެއިން މުހައްމަދު ސިދުރަތު ކިޔާ މީހަކު ކޯޓުން ވަނީ މީގެ ކުރިން ޝަރުތުތަކަކާއި އެކު ދޫކޮށްލާފަ އެވެ.

ފުލުހުން ބުނީ ދެން ތިބި އަށް މީހުންގެ މުއްދަތު ޖެހުމަށް ހާޒިރު ކުރުމުން ކޯޓުން ވަނީ ޝަރުތުތަކަކާއި އެކު އަރުޝަދު ދޫކޮށްލާފަ އެވެ. އެމީހާ ދޫކޮށްލި އިރު މި މައްސަލައިގައި ގދ. ހޯނޑެއްދޫ އަލޯރާ، އަރުޝަދު ހާލިދާ ދެކޮޅަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އަރުޝަދުގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓުތަކުގައިވާ ފައިސާ އަކީ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ތަހުގީގަށް ތުހުމަތު ކުރެވޭތީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އެކައުންޓުތައް ވަނީ ފްރީޒް ކޮށްފައި ކަމަށެވެ.

މި އޮޕަރޭޝަންގައި ފުލުހުން10 ގެއެއް ބަލާ ފާސްކޮށްފައިވެ އެވެ. އަދި އެ ގެތަކުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާގެ އިތުރުން މަސްތުވާތަކެތި ބަންދު ކުރަން ބޭނުން ކުރާ އާލާތްތައް ފުލުހުން ހޯދާފައިވެ އެވެ. އަތުލައިގެން މަސްތުވާތަކެތީގެ ތެރޭގައި ނުވަ ކިލޯގެ ހެރޮއިންނާއި ހަތަރު ގްރާމްގެ ކޮކެއިން ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް