މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާ ހިނގައިފި

އީވް ކްލިނިކް ގޯޅި ތެރޭގައި ހުރި ގެއެއްގައި ރޭގެެ ވަގުތެއްގައި އަލިފާނުގެ ހާދިސާ ހިނގައިފި އެވެ. ފުލުހުން ބުނީ ރޭ 23:03 ހާކާއިރު އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށް ރިޕޯޓުކޮށްފައިވާކަމަށެވެ....

31 Mar 2020 | 04:32

އީވް ކްލިނިކް ގޯޅި ތެރޭގައި ހުރި ގެއެއްގައި ރޭގެެ ވަގުތެއްގައި އަލިފާނުގެ ހާދިސާ ހިނގައިފި އެވެ.

ފުލުހުން ބުނީ ރޭ 23:03 ހާކާއިރު އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށް ރިޕޯޓުކޮށްފައިވާކަމަށެވެ.

ފުލުހުން ބުނީ އެހާދިސާ ހިނގާފައިވަނީ މ.ތިރިންގަލި ގޭގެ ފުރާޅު މައްޗަށް އެގެއާ ޖެހިގެން ހުރި ގެއިން އެއްލާލި އެއްޗަކުން ތިރިންގިލި ގޭގެ ފުރާޅުމަތީގައި ހުރި ކުނިތަކެއްގައި ރޯވެގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ އަލިފާންގަނޑު ނިއްވާލާފައިވަނީ ކުނިތަކުގައި ރޯވެފައިވާ ތަން ބިދޭސީން ތަކަކަށް ފެނިގެން އެމީހުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަދި އެއްވެސް މުދަލަކަށް ގެއްލުން ލިބިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެކަމާ ގުޅިގެން ފުލުހުން ބަލަން ޖެހޭކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް