އއ. މަތިވެރި މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
އެޗްއީއޯސީން ބުނީ އެ ރަށަށް މޮނިޓަރިންގެ ހާލަތަށް ގެނައީ އެ ރަށުން ތިން މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވުމުން ކަމަށެވެ. މަތިވެރިން ޕޮސިޓިވްވެފައިވަނީ ކަރަންޓީންގައި ހުރި މީހަކާއި އެމީހާ އާއި ކޮންޓެކްޓުވި އިތުރު ދެ މީހެކެވެ.
އެޗްއީއޯސީން ބުނީ ފަހުން ޕޮސިޓިވްވި ދެ މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 40 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފަހުން ޕޮސިޓިވްވެފައިވަނީ ދެ ކުޑަކުދިންނެވެ.
އެޗްއީއޯސީން ވަނީ މަތިވެރީގައި ކޯވިޑް ފެތުރޭތޯ ބެލުމުގެ މަސައްކަތް ފަށާފައި އެވެ. އެގޮތުން ރަށުގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިޔަށް ދާ ކަމަށް ބުނެ އެވެ.
މަތިވެރީގެ އިތުރުން ހއ. މުރައިދޫ ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި އެވެ. އެ ރަށުން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ ރިސޯޓަކުން ދިޔަ މީހެކެވެ.
އެޗްއީއޯސީން ބުނީ ބެލެވޭ ގޮތުގައި މުރައިދޫން ޕޮސިޓިވްވި މީހާ އަކީ ދެ ވަނަ ފަހަރަށް ބަލި ޖެހުނު މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް