ރާއްޖެއިން އިތުރު 105 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 88 މީހުންނާއ ރިސޯޓުތަކުން 12 މީހުންނެވެ. ދެން ޕޮސިޓިވްވެފައިވަނީ މީހުން ދިރިއުޅޭ ރަށްތަކުން ހަތަރު މީހުންނާއި ސަފާރީތަކުން އެކަކެވެ.
މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 2،600 ސާމްޕަލެވެ.
މިވަގުތު ކޯވިޑް-19 ޖެހިގެން 1،644 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 163 މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެންނެވެ.
މިހާތަނަށް ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 14،139 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ.
މިއަދު ރާއްޖެއިން ކޯވިޑްގައި އިިތުރު މީހަކު ވަނީ މަރުވެފައި އެވެ. މިއަދު މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 88 އަހަރުގެ ފިރިހެނެކެވެ.
މި މީހާ އާއި އެކު ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 52 އަށް އަރާފައި އެވެ.
މިހާތަނށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 15،841 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް