އަސަރީ ގޯޅީގައި މީހެއްގެ ކަރަށް ވަޅި ހަރައިފި

މ. އަސަރީ ގޯޅީގައި މީހެއްގެ ކަރަށް ވަޅި ހަރައިފި އެވެ. ވަޅި ހެރުމުން ޒަހަމްވެފައިވަނީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މާރާމާރީގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ މިރޭ 9:15 ހާއިރު އެވެ. އެ...

31 Jan 2021 | 16:27

މ. އަސަރީ ގޯޅީގައި މީހެއްގެ ކަރަށް ވަޅި ހަރައިފި އެވެ.

ވަޅި ހެރުމުން ޒަހަމްވެފައިވަނީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މާރާމާރީގެ ރިޕޯޓު ފުލުހުންނަށް ކޮށްފައިވަނީ މިރޭ 9:15 ހާއިރު އެވެ.

އެމީހާ ހޮސްޕިޓަލަށް ގެންގޮސް ދިނީ ފުލުހުންގެ އެހީތެރިކަމާއި އެކު ފުލުހުންގެ ކާރުގައި އެވެ. އެމީހާއަށް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗުގައި އެވެ.

އެމީހާއަށް ވަޅި ހެރުމުން މާބޮޑު ޒަހަމް ތަކެއް ލިބުން ހެނެއް ހިއެއް ނުވެ އެވެ. އެއީ ވަޅި ހެރިފަހުން އެމީހާ މަގުމަތީގައި ފުލުހުންނާއި ވާހަކަ ދައްކަން ހުރިތަން ފެނިފައިވާތީއެވެ.

އެ ސަރަހައްދުގައި ހުރި "ދުވަސް" ގެ ނޫސްވެރިޔާ ބުނީ މައުލޫމާތު ލިބުނު ގޮތުގައި އެމީހާ ކަރަށް ވަޅި ހެރި މީހުން ވަނީ ވަޅި ހިފައިން ފިލާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް