އަތްމަތި ދަތިވުމުން ކުރެވިދާނެ ބައެއް ދުޢާ

އަތްމަތި ދަތިވެ ދަރަނި ވެރިވުމަކީ ވަރަށްވެސް ހިތްދަތި އަދި ނުރައްކާތެރި ކަމެކެވެ. ފައިސާ ހޯދަން ކިތަންމެ ބުރަކޮށް މަސައްކަތް ކުރި ނަމަވެސް ރިޒްޤް ދެއްވާނީ އަހަރެމެން ހެއްދެވި ފަރާތުންނެވެ. އެހެންކަމުނ...

31 Jan 2021 | 16:21

އަތްމަތި ދަތިވެ ދަރަނި ވެރިވުމަކީ ވަރަށްވެސް ހިތްދަތި އަދި ނުރައްކާތެރި ކަމެކެވެ. ފައިސާ ހޯދަން ކިތަންމެ ބުރަކޮށް މަސައްކަތް ކުރި ނަމަވެސް ރިޒްޤް ދެއްވާނީ އަހަރެމެން ހެއްދެވި ފަރާތުންނެވެ. އެހެންކަމުން އަތްމަތި ދަތިވެ އަދި ދަރަނި އަދާ ކުރުމަށް މަސައްކަތް ކުރަމުންދާއިރު, ރިޒްޤު ދެއްވާ ފަރާތް މަތިން ހަނދާން ކުރަންޖެހެއެވެ. ދަރަނި އަދާވުން އެދި ކުރާ ދުޢާގެ ބާރުވެސް އަހަރެމެންނަށް ވިސްނިގެން ކުރެވޭ ދުޢާ އަކަށް ދުޢާވެސް ވާން އެބަ ޖެހެއެވެ. ދުޢާ އަކީ  މުޢުމިނުންގެ ހަތިޔާރަށްވީ ހިނދު  ދަރަނި އަދާ ކުރުމަށް މަސައްކަތް ކުރަމުން ދުޢާ ކުރާށެވެ.

ދަރަނި އަދާކުރުމަށް ކުރެވިދާނެ ދުޢާތައް

اَللَّهـُمَّ اكْفِنِيْ بِحَلاَلِكَ عَنْ حَرَامِكَ وَأَغْنِنِيْ بِفَضْلِكَ عَمَّنْ سِوَاكَ

މާނައީ: “ އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަﷲ ޙަލާލުކުރެއްވި ތަކެތީގެ ޒަރިއްޔާއިން އިބަﷲ ޙަރާމްކުރެއްވި ތަކެތިން (މިއަޅާ ދުރުކުރައްވައި) މިއަޅާ ފުދުންތެރިކުރައްވާނދޭވެ! އަދި އިބަﷲގެ ދަރުމައިގެ ޒަރިއްޔާއިން އިބަﷲ ފިޔަވައި އެހެންފަރާތަކުން (އެދުމުން) މިއަޅާއަށް ފުދުންތެރިކަން ދެއްވާނދޭވެ!“

(رواه الترمذي وصححه الألباني)

اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْهَمِّ ، وَالْحَزَنِ ، وَالْعَجْزِ ، وَالْكَسَلِ ، وَالْجُبْنِ ، وَالْبُخْلِ ، وَضَلَعِ الدَّيْنِ ، وَغَلَبَةِ الرِّجَالِ

މާނައީ: “ އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން މިއަޅާ ފިކުރުބޮޑުވުމުންނާއި، ހިތާމައިންނާއި، ނުކުޅެދިގެންވުމުންނާއި، ކަންނެތްކަމުންނާއި، ބަޚީލުކަމުންނާއި، ފިނޑިކަމުންނާއި، ދަރަނީގެ ބުރައިންނާއި އަދި މީސްތަކުން މިއަޅާގެ މައްޗަށް ގަދަވެގަތުމުން ރައްކައުތެރިކޮށްދެއްވުމަށް އިބަﷲގެ ޙަޟްރަތުން އެދިދަންނަވަމެވެ.“ (رواه البخاري)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް