ކޯވިޑަށް ފަރުވާ ދެމުން ދިޔަ 88 އަހަރުގެ ފިރިހެނަކު މަރުވެއްޖެ

ކޯވިޑް-19 އަށް ފަރުވާ ދެމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ. މަރުވެފައިވަނީ އުމުރުން 88 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެޗްއީއޯސީން ބުނީ އެމީހާ މަރުވީ މިރޭ 7:33 ހާއިރު ކަމަށެވެ. މަރުވި އިރު އެމީހާއ...

31 Jan 2021 | 16:05

ކޯވިޑް-19 އަށް ފަރުވާ ދެމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

މަރުވެފައިވަނީ އުމުރުން 88 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެޗްއީއޯސީން ބުނީ އެމީހާ މަރުވީ މިރޭ 7:33 ހާއިރު ކަމަށެވެ.

މަރުވި އިރު އެމީހާއަށް ފަރުވާ ދެމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެވެ.

މިއީ ރާއްޖެއިން މި ބަލީގައި މަރުވި 52 ވަނަ މީހާ އެވެ. އަދި މަހު ކޯވިޑަށް ފަރުވާ ދެމުން ދަނިކޮށް މަރުވި ތިން ވަނަ މީހާ އެވެ.

ރާއްޖޭގައި އަނެއްކާވެސް ކޯވިޑްގެ ކޭސްތައް ވަނީ އިތުރުވެފައި އެވެ. އެގޮތުން މިހާރުވެސް ކޯވިޑަށް1،500 އަށްވުރެ ގިނަ މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. އަދި އޭގެ ތެރެއިން152 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެންނެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް