އިތުރު މައްސަލައެއްގައި ޔާމީން އަންގާރަ ދުވަހު ފުލުހަށް ހާޒިރު ކުރަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިތުރު މައްސަލައެއްގައި ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޗިޓު ފޮނުވައިފި އެވެ. މިފަހަރު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަނީ ކޮން މައްސަލައެއްގެ ތަހުގީގަށް ކަމެއް އަދި ނޭނގ...

31 Jan 2021 | 15:35

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިތުރު މައްސަލައެއްގައި ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޗިޓު ފޮނުވައިފި އެވެ.

މިފަހަރު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަނީ ކޮން މައްސަލައެއްގެ ތަހުގީގަށް ކަމެއް އަދި ނޭނގެ އެވެ. އެކަމަކު ބެލެވޭ ގޮތުގައި އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅުން ހުރި މައްސަލައެއްގައި އެވެ.

އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން މީޑިއާގައި ބުނީ ރައީސް ޔާމީން ފުލުހަށް ހާޒިރުވާން އަންގާފައިވަނީ އަންނަ އަންގާރަ ދުވަހުގެ މެންދުރު 1:00 އަށް ކަމަށެެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި އެ ފައިސާ ލޯންޑާ ކުރިކަން ކްރިމިނަލް ކޯޓުގައި ސާބިތުވެ، އެމަނިކުފާނު ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

މި ހުކުމަށް މިދިޔަ ހަފްތާގައި ހައި ކޯޓުން ވަނީ ތާއީދު ކޮށްފައި އެވެ.

އަދި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކްރިމިނަލް ކޯޓުގައި ކޮށްފައިވާ ދައުވާ ދަނީ އެމަނިކުފާނާއި ދެކޮޅަށް ކުރިޔަށް ގެންދަމުންނެވެ. އެދައުވާއަށް ޔާމީން މިއަދު ވަނީ އިންކާރު ކުރައްވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް