2018 ވަނަ އަހަރުގައި ތައްޔާރުކޮށްފައިވާ ރިސާޗެކެވެ. ޕޯނަގްރަފީއަކީ ޒުވާން އުމުރުފުރާގައި ޚާއްސަކޮށް 49 އަހަރުން ދަށުގެ މީހުންގެ މެދުގައި އަހަރެއްގެ މައްޗަށް އެ ބޭނުންކުރަމުންދާ މީހުންގެ އިންސައްތަ 10 ދަރަޖައަށް ކޮންމެ އަހަރަކުވެސް އިތުރުވާ ކަމެކެވެ. އެހެން ނަމަވެސް ހޯދުން ތަކުން ދައްކާ ގޮތުގައި ޕޯނަގްރަފީ އަކީ އެކަމުގެ ސަބަބުން ނުހަނު ގެއްލުންތައް ލިބޭ ކަމެކެވެ. އެގޮތުން ލިބޭ ގެއްލުން ތަކަށް ބަލައިލަން ހިނގާށެވެ.
ކައިވެނި ރޫޅުން
ޖާނަލް އޮފް ސެކްސް ރިސާޗް އިން 2018 ވަނަ އަހަރުގައި ހަދާފައިވާ ރިސާޗަކުން ދައްކާގޮތުގައި ޕޯނަގްރަފީ އަކީ ކައިވެނިތައް ރޫޅެން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބެވެ. އެހެން ކަމުން ކޮންމެ 6000 ދެމަފިރިއަކަށް ބަލައިލާއިރު މިއިން ކޮންމެ ބަޔަކުވެސް ދިރިއުޅުމުގައި މައިގަނޑު ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ބައިވެރިޔާ އަކީ ޕޯނަގްރަފީ ބޭނުންކުރާ މީހަކަށް ވުމުން ދިމާވާ ކަންތައްތަކެވެ.
އެގޮތުން މި ދިރާސާއިން ދައްކާ ގޮތުގައި އަންހެނުންނަށް ވުރެން 3 ގުނަ އިތުރަށް ފިރިހެނުން ޕޯން ބަލާކަމަށް ވެއެވެ. އެހެން ކަމުން ބައިވެރިޔާ މިކަމުގައި އުޅުމުގެ ސަބަބުން ދެމަފިރިންގެ ދޭތެރޭގައި އޮންނަ ގުޅުން މަޑުމަޑުން ކެނޑެމުންގޮސް އެ ގުޅުމަށް ހީނަރުކަމެއް އާދެއެވެ.
2021 ވަނަ އަހަރުގައި އާކައިވް އޮފް ބިހޭވިއަރ އިން 217 ޖޯޑެއް ބައިވެރިކޮށްގެން ހަދާފައިވާ ރިސާޗުން ދައްކާގޮތުގައި ދެމަފިރިކަމުގެ ގުޅުން އެމީހުން ހިންގަނީ މަދުވެގެން މަހަކު އެންމެ ފަހަރަކުއެވެ. އަދި ބައެއް މީހުން ބުނެފައިވަނީ އެމީހުން ދެމަފިރިކަމުގެ ގުޅުން ހިންގާ ދުވަހުވެސް އޭގެ ފަހުން ޕޯނަގްރަފީ ބޭނުންކުރާ ކަމަށެވެ.
އެހެން ކަމުން މި ހިސާބު ތަކަކީ ކުރިއަށް އޮތް ތަނުގައި އަދި އިތުރުވާނެ ކަމަށް އޮތް އަދަދުތަކަކަށް ވީއިރު, ރާއްޖެ ކަހަލަ އިސްލާމީ ޤަޢުމަކަށް މިކަމުން ސަލާމަތްތެރިކަމުގެ ފިޔަވަޅު އަޅަން ފަށަން ވެއްޖެކަން ޔަޤީނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް