ވިސިޓް މޯލްޑިވްސް ކެމްޕޭނުގެ ދަށުން ކުވޭތުގެ 2.5 މިލިޔަނަށްވުރެ ގިނަ މީހުންނަށް އުރީދޫން ރާއްޖެ އިސްތިހާރުކޮށްދީފިއެވެ.
އުރީދޫކުވައިތްގެފަރާތުން ކޮށްފައިވާ އިއުލާނެއްގައި ވަނީ، ކަސްޓަމަރުންނަށް އެއްވެސް ޚަރަދަކާ ނުލައި ރާއްޖޭގައި ހިލޭ ހުރުމުގެ ފުރުސަތު، އެ ޕްރޮމޯޝަންގެ ސަބަބުން ލިބިގެންދާނެ ކަމަށެވެ. ހަމައެކަނި ކޮށްލަން ޖެހޭނެ ކަމަކީ، މޯބައިލް ޕްލޭން އާ ގުޅޭށެވެ.
އޭއެންއޭ އާ ގުޅޭ މީހުނަށް ހިލޭ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބޭއިރު، އުރީދޫ ސިމް އެ ފަރާތްތަކުގެ ގޭގެއަށް ފޯރުކޮށްދެވޭނެ ކަމަށް މި ކެމްޕެއިންގައި ވެއެވެ.
"ވިޒިޓް މޯލްޑިވްސް ނައު" އަކީ އުރީދޫ މޯލްޑިވްސްއިން ދިވެހި ރާއްޖޭގެ ޓުއަރިޒަމް ޕްރޮމޯޓްކުރުމަށް، ޑެސްޓިނޭޝަން މާކެޓިންގ ކެމްޕޭނެއް ލޯންޗްކޮށްފިއެވެ.
ރާއްޖެ އިޝްތިހާރުކުރުމަށް އުރީދޫ މޯލްޑިވްސްއިން ކުރިއަށް ގެންދާ މި ކެމްޕެއިންގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީ އަދި އޯރކާ މީޑިއާ ގްރޫޕުން ބައިވެރިވެއެވެ. މި ކެންޕެއިންގެ ތެރެއިން ދުނިޔޭގެ 10 ޤައުމަކުން 117 މިލިއަން މީހުންނަށް މެސެޖްތައް ފޯރުކޮށްދިނުމަކީ އުރީދޫ މޯލްޑިވްސްގެ އަމާޒެކެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބާރު ސްޕީޑެއްގައި ފަށައިގަނެ އަލުން ސިނާއަތް ކޮޅަށްޖެހުމަކީ އުރީދޫގެ "ވިޒިޓް މޯލްޑިވްސް ނައު" ކެމްޕެއިންގެ މަގްސަދެވެ.
މި ކެމްޕެއިންގެ ދަށުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި އުރީދޫގެ މީޑިއާ ޕާރޓްނަރުންގެ މީސްމީޑިއާ ޕްލެޓްފޯރމްތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ހިތްގައިމު ރީތި މަންޒަރުތައް ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކުރެވިގެންދާނެ ކަމަށްް އެކުންފުނިން ބުނިއެވެ.
މީސްމީޑިއާގައި ހިއްސާކުރެވޭ މި ޕޯސްޓްތަކަށް ކޮމެންޓްކޮށް ޝެއާރ ކުރައްވާ ފަތުރުވެރިންގެ ތެރެއިން ނަސީބުވެރި ފަރާތްތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތާއި ތަފާތު އެކި ހަދިޔާތައް ލިބުމުގެ ފުރުސަތުވެސް ފަހިވެގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް