ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި، އަންހެނަކު އޭނާގެ މަންމަގެ ގަބުރު 10 އަހަރު ވަންދެން ފޮރުވައިގެން ގެންގުޅެފިއެވެ.
ޔުމީ ޔޮޝިނޯ ނަމަކަށް ކިޔާ މި އަންހެން މީހާ އޭނާގެ މަންމަ ފޮރުވާފައި ވަނީ އޭނަގެ ގޭގެ އައިސްއަލަމާރި އެއްގެ ތެރޭގައެވެ.
ޔޮޝިނޯ މިކަން މިހެން ކޮށްފައި މިވަނީ، އޭނާގެ މަންމަ މަރުވިކަން އެނގުމުން، އޭނާގެ އަތުން މުދާތައް ނެގޭނެތީކަމަށް ފުލުހުންގެ ހާޒިރުގައި އޭނާ ބުނެފައި ވެއެވެ. އަދި އޭނާގެ މަންމައާއެކު އުޅުނު ގެއިން އެހެން ތަނަކަށް ބަދަލުވާން ބޭނުން ނުވާ ކަމުގައި އޭނާ ބުނެއެވެ.
48 އަހަރުގެ މި އަންހެން މީހާ، ގަބުރު ފޮރުވައިގެން އުޅޭކަން އެނގިފައި ވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. ޖަނަވަރީ މަހުގެ މެދެއްހާ ހިސާބު ޔޮޝިނޯ އެ ގެއިން ނުކުންނަން ޖެހުނީ، ގޭގެ ކުލި ނުދެއްކިގެންނެވެ. އަދި އެ ގަބުރު ފެނިފައި ވަނީ އެ ގެ ސާފުކުރި މީހަކަށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، އޮޓޮޕްސީ އަކުން އެ މަރުގެ ވަގުތާއި ސަބަބު ދެނެއެއް ނުގަނެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް