ނިއު ދިއްލީގައި ހުންނަ އިސްރާއީލް އެމްބަސީ ކައިރީގައި ގޮއްވާލި ބޮމުގެ ޒިންމާ އިންޑިއާ އިން އީރާނުގެ ބޮލަށް ކަނޑާލައިފި

މި ޖެނުއަރީ މަހުގެ 29 ވީ ހުކުރު ދުވަހު ނިއު ދިއްލީގައި ހުންނަ އިސްރާއީލް އެމްބަސީ ކައިރީގައި ބޮމެއް ގޮއްވާލީ އީރާނުން ކަމަށް، އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ. މި ބޮން ގޮއްވާލާފައި ވަނީ އެ އެމްބަސީ އ...

31 Jan 2021 | 10:06

މި ޖެނުއަރީ މަހުގެ 29 ވީ ހުކުރު ދުވަހު ނިއު ދިއްލީގައި ހުންނަ އިސްރާއީލް އެމްބަސީ ކައިރީގައި ބޮމެއް ގޮއްވާލީ އީރާނުން ކަމަށް، އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.

މި ބޮން ގޮއްވާލާފައި ވަނީ އެ އެމްބަސީ އާ 50 މީޓަރު ކައިރިން ހައި ސިކިއުރީ ޒޯނެއްގަ އެވެ. އަދި މިއީ ޕްރައިމް މިނިސްޓަރ ދިރިއުޅުއްވާ ގެއާ މާދުރުނޫން ހިސާބެއް ކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

އެހެންނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް މާބޮޑު ހާނީއްކައެއް ނުވަތަ ސީރިއަސް އަނިޔާއެއް ލިބުނު ކަމުގެ މަޢުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.

"އެ ސަރަހައްދުގަ ހުރި ކާރު ފަދަ ތަކެއްޗަށް ވަނީ ގެއްލުންވެފަ. އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ. އަދި ސީރިއަސް އަނިޔާއެއް ވެސް ނުލިބޭ." އިންޑިއާގެ މީޑިއާ އިން ހާމަކޮށްފައިވާ ލިޔުމެއްގައި ވެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން އީރާނާ ގުޅުން ހުރި ސިޓީ އުރައެއް އެ ސަރަހައްދުން ވަނީ ފެނިފަ އެވެ. މިއީ އިމްޕްރޮވައިސްޑް އެކްސްޕްލޯސިވް ޑިވައިސް (އީއައިޑީ) ރައްކާކޮށްފައިވާ ސިޓީއުރަކަމަށް ވެސް ބައެއް މީޑިއާތަކުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް