ދުއާއަކީ ކޯވިޑް ވެކްސިނާއި އެކު އުފާވެރި ދިރިއުޅުމަކަށް އެނބުރި ދެވުން: ރައީސް

ދުއާ އަކީ ކޯވިޑް-19 ވެކްސިނާއިި އެކު އުފާވެރި ދިރިއުޅުމަކަށް އެނބުރި ދިއުމުގެ ހެޔޮ ތައުފީގު މިންވަރު ކުރެއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ. ރައީސް މިހެނ...

31 Jan 2021 | 10:03

ދުއާ އަކީ ކޯވިޑް-19 ވެކްސިނާއިި އެކު އުފާވެރި ދިރިއުޅުމަކަށް އެނބުރި ދިއުމުގެ ހެޔޮ ތައުފީގު މިންވަރު ކުރެއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މާދަމާ ރާއްޖޭގައި ކޯވިޑް-19 ވެކްސިން ޖަހަން ފަށަން ނިންމާފައިވާތީ އެވެ. އެޗްޕީއޭއިން މާދަމާ މާލޭ ސިޓީ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށީ ސިޓީގައި ކޯވިޑް ވެކްސިން ދޭން ފަށާނެ ކަމަށެވެ.

މިކަމާއި ގުޅިގެން ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯވިޑަށް ރާއްޖޭގައި ވެކްސިން ދޭން ފެށޭތީ މާތް ﷲ އަށް ހަމްދާއި ޝުކުރު ކުރައްވާ ކަމަށެވެ. އަދި މާދަމާއަކީ އުފާވެރި ދުވަހެއް ކަމަށް ވިދާޅުވި އެވެ.

https://twitter.com/ibusolih/status/1355816326237810691

އެޗްޕީއޭއިން މިއަދު ބުނީ އައްޑޫ ސިޓީ އާއި ކުޅުދުއްފުށީ ސިޓީގައި ވެކްސިން ދިނުމަށް ބޭނުންވާ ކޯވިޑް ވެކްސިން އެ ސިޓީތަކަށް ފޮނުވާފައިވާ ކަމަށެވެ. އަދި ތިން ސިޓީގެ ހަތް ހޮސްޕިޓަލަކުން ކޯވިޑް ވެކްސިން ޖަހައިދޭނެ ކަމަށެވެ.

މާލެ ސަރަހައްދުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އައިޖީއެމްއެޗު، ވިލިމާލޭ ހޮސްޕިޓަލް، ހުޅުމާލޭ ހޮސްޕިޓަލް، ޓްރީ ޓޮޕް ހޮސްޕިޓަލް، އަދި އޭޑީކޭ ހޮސްޕިޓަލްގައި އެވެ. އައްޑޫ ސިޓީގައި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އަދި ކުޅުދުއްފުށީ ސިޓީގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކޯވިޑް ވެކްސިން ދޭނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

އެޗްޕީއޭއިން ބުނީ ވެކްސިން ދިނުމުގައި އިސްކަން ދޭނީ ކުރީ ސަފުގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންނަށް ކަމަށެވެ. އަދި ކުރިޔަށް އޮތްތާ ވެކްސިން ދިނުމަށް ކަނޑައެޅިފައިވާ ތަރުތީބުން ވެކްސިން ދެމުންދާނެ ކަމަށް ބުނެ އެވެ.

އެޗްޕީއޭއިން ބުނީ ކުރިޔަށް އޮތްތާ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކޯވިޑް ވެކްސިން ދޭން ފަށާނެ ކަމަށެވެ.

ރާއްޖޭގައި މާދަމާ ދޭން ފަށަނީ އިންޑިއާއިން ހަދިޔާ ކުރި “ކޮވިޝީލްޑް” ވެކްސިން އެވެ. އެ ވެކްސިންގެ 100،000 ޑޯޒު އެ ގައުމުން ރާއްޖެއަށް ހަދިޔާ ކޮށްފައިވެ އެވެ

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ އެ ވެކްސިންއަށ ވަގުތީ ގޮތުން ހުއްދަ ދީފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް