ކަރަންކާ އިބްރާހިމް ރަޝީދު ދެމިއޮތުމުގެ އާލަމަށް ދަތުރު ކުރައްވައިފިއެވެ.
ހެންވޭރު ޒޮނޭރިއާ އިބްރާހީމް ރަޝީދު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވުމަށްފަހު، މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައި ހެންވޭރު ކަރަންކާގޭގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 92 އަހަރެވެ.
އިބްރާހިމް ރަޝީދަކީީ، މަރުހޫމް ނާސިރުގެ ވެރިކަމުގައި ރާއްޖޭގެ ކެބިނެޓްގެ ގިނަ މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެމަނިކުފާނު އަދާކުރައްވާފައި ވާ މަގާމު ތަކުގެ ތެރޭގައި ބޮޑުވަޒީރުގެ ނާއިބު ކަމާއި ކެބިނެޓްގެ ވަޒީރުކަން ހިމެނެއެވެ.
26 ޖުލައި 2011 ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނިޝާން އިއްޒުންދީން އިއްޒަތުގެ ވެރިޔާގެ ލަގަބުވެސް އެމަނިކުފާނަށް ދެއްވާފައެވެ.
އިބްރާހީމް ރަޝީދު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި މާދަމާއިން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ޤައުމީދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފއި ވާކަމަށް ރައީސް އޮފީހުން ބުނެއެވެ.
ހުރަވީދަރިކޮޅުގެ ޝާހީ ރަސްކަމުގެ ޢާއިލާއާއި ވެރިކަމުގެ ޢާއިލާއިން ވަޑައިގެންނެވި އިބްރާހީމް ރަޝީދު 65 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވެއެވެ. އެމަނިކުފާނު ސަރުކާރުގެ ޚިދްމަތް ފަށްޓަވާފައިވަނީ، 24 ނޮވެމްބަރ 1942 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް