އިންސާފުވެރި އިންތިހާބެއް ބާއްވައިފި ނަމަ ފެންނާނީ ނަޝީދު ވިދާޅުވާ ނަތީޖާއެއް ނޫން!

ކުރިޔަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އިންސާފުވެރި އިންތިހާބަކަށް ވެއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ ނަތީޖާ ނުފެންނާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަ...

31 Jan 2021 | 09:42

ކުރިޔަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އިންސާފުވެރި އިންތިހާބަކަށް ވެއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ ނަތީޖާ ނުފެންނާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކައުންސިލް އިންތިހާބާއި ގުޅޭގޮތުން ދެއްކެވި ވާހަކަފުޅަކާއި ގުލޅިގެންނެވެ. ނަޝީދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ފަރާތްތައް ބޮޑު ބައްޔަކުން ބަލިކުރާނެ ކަމަށެވެ.

އާދަމް ޝަރީފު ވިދާޅުވީ އިންސާފުވެރި ދެ ފުށްފެންނަ އޮޅުވާނުލާ އިންތިހާބެއް ބާއްވައިފި ނަމަ ފެންނާނީ ނަޝީދު ވިދާޅުވި ނަތީޖާ ނޫން ކަމަށެވެ. އާދަމް ޝަރީފު ވިދާޅުވީ ރައްޔިތުން މިއަދު ތިބީ މާޔޫސްވެފައި ކަމަށެވެ.

އޭނާ ވިދާޅުވީ ޒުވާނުން ތިބީ އުންމީދު ގެއްލިފައިކަމަށާއި ސަރުކާރަށް އިތުބާރު ނުކުރާ ކަމަށެވެ. މިއަދު ރާއްޖެއިން ފެންނަން އޮތީ އިންޑިއާއިން ކޮށްދޭ ކަމެއް އެކަނި ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.

https://twitter.com/Adamshareefz/status/1355796002481967105

ނަޝީދު މިއަދު ވިދާޅުވީ ކެމްޕޭންގައި ޕީޕީއެމަށް ނުލިބޭ ފުރުސަތެއް އެމްޑީޕީން ބޭނުން ނުކުރާނެ ކަމަށެވެ. އެ ޕާޓީން ކެމްޕޭން ކުރާނީ ރަށްރަށަށް ގޮސް 10 ދުވަހުގެ ކަރަންޓީން އުސޫލަށް ތަބާވެ، ގައިދުރުކޮށް ރައްކާތެރިކަމާ އެކުގައި ކަމަށް ވެސް ވިދާޅުވި އެވެ.

ސަރުކާރުން އެކި ޕްރޮޖެކްޓްތަކުގެ ނަމުގައި ރަށްރަށަށް ގޮސް ކެމްޕޭން ކުރަމުންދާ ކަމަށާއި އިދިކޮޅަށް ކެމްޕޭންގެ ހަމަހަމަ ފުރުސަތެއް ނުލިބޭ ކަމަށް ބުނެ ދަނީ ޝަކުވާ ކުރަމުންނެވެ. އިންތިޚާބަށް އެޗްޕީއޭ އިން އެކުލަވާލާފައިވާ ގައިޑްލައިން އޮތީ ޖަލްސާތަކާއި އެއްވުންތައް އަދި ދޮރުންދޮރަށް ހިނގައި ކެމްޕޭން ނުކުރެވޭ ގޮތަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް