ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ޕަބްލިކް ލިމިޓެޑާއެކު މިއަދު މިނިސްޓްރީއޮފް ނޭޝަނަލް ޕްލޭނިންގަ، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރ އިން ސޮއި ކޮށްފިއެވެ.
ޑިޒައިން އެންޑް ބިޑް އުސޫލުން ހަވާލު ކުރެވުނު މި މަޝްރޫޢުގެ ދަށުން، ފާހަގަ ކުރެވިފައިވާ ނެއްލައިދޫ މައްސަލަ ހައްލުކުރުމަށްޓަކައި ނެއްލަދިދޫ ގޮނޑުދޮށް ހިމާޔަތް ކުރެވިގެން ދާނެ ކަމަށް މިނިސްޓްރީއޮފް ނޭޝަނަލް ޕްލޭނިންގަ، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރއިން ބުނެފައި ވެއެވެ.
މިނިސްޓްރީއޮފް ނޭޝަނަލް ޕްލޭނިންގަ، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރ ފަރާތުން ޕަރމަނެންޓް ސެކްރެޓަރީ ޒީނިއާ އަޙްމަދު ސޮއި ކުރެއްވި މި ރަސްމިއްޔާތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ޕަބްލިކް ލިމިޓެޑްގެ ފަރާތުން ބައިވެރިވެފައި ވަނީ، އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގް އޮފިސަރ ޝާހިދު ހުސައިން މޫސާއެވެ.
250 ދުވަހުގެ ތެރޭގައި ނިންމަން ހަވާލު ކުރެވިފައިވާ މި މަޝްރޫޢުގައި، 870 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓެއް ޖަހައި، ގޮނޑުދޮށް ހިމާޔަތްކުރަން ވަނީ ހަމަޖެހިފައެވެ.
މިއީ 19،899،963 ރުފިޔާގެ މަޝްރޫޢުއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް