އއ. ބޮޑުފޮޅުދޫއާއި ރ، އުނގޫފާރު ބިން ހިއްކުމުގެ މަސައްކަތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ޕަބްލިކް ލިމިޓެޑާއެކު މިއަދު މިނިސްޓްރީއޮފް ނޭޝަނަލް ޕްލޭނިންގަ، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރ އިން ސޮއި ކޮށްފިއެވެ.
ޑިޒައިން އެންޑް ބިޑް އުސޫލުން ހަވާލު ކުރެވުނު މި މަޝްރޫޢުގެ ދަށުން، އއ. ބޮޑުފޮޅުދޫގައި8 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައި ވާއިރު، ރ. އުނގޫފާރުގައި ހިއްކާނީ10 ހެކްޓަރުގެ ބިމެވެ.
މިނިސްޓްރީއޮފް ނޭޝަނަލް ޕްލޭނިންގަ، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރގެ ފަރާތުން ޕަރމަނެންޓް ސެކްރެޓަރީ ޒީނިއާ އަޙްމަދު ސޮއި ކުރެއްވި މި ރަސްމިއްޔާތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ޕަބްލިކް ލިމިޓެޑްގެ ފަރާތުން ބައިވެރިވެފައި ވަނީ، އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގް އޮފިސަރ ޝާހިދު ހުސައިން މޫސާއެވެ.
365 ދުވަހުގެ ތެރޭގައި ނިންމަން ހަވާލު ކުރެވިފައިވާ އއ. ބޮޑުފޮޅުދޫގެ ބިން ހިއްކުމުގެ އިތުރުން، 1052 މީޓަރގެ ރިވެޓްމަންޓް ޖެހުމުގެ އިތުރުން 180 މީޓަރގެ ބްރޭކްވޯޓަރ އަާއި 110 މީޓަރުގެ ގްރޮއިން ގާއިމްކުރަން ވަނީ ހަމަޖެހިފައެވެ.
މިއީ 78،568،391.97 ރުފިޔާގެ މަޝްރޫޢުއެކެވެ.
240 ދުވަހުުގެ ތެރޭގައި ނިންމަން ހަވާލު ކުރެވިފައިވާ ރ. އުނގޫފާރު ބިން ހިއްކުމުގެ އިތުރުން، 1150 މީޓަރގެ ރިވެޓްމަންޓް ޖެހުމުގެ އިތުރުން 75 މީޓަރުގެ ގްރޮއިން ގާއިމްކުރަން ވަނީ ހަމަޖެހިފައެވެ. މިއީ 75،345،322.58 ރުފިޔާގެ މަޝްރޫޢުއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް