އަނަންޔާގެ ރާއްޖޭ ޗުއްޓީ ދަތުރުގެ ހަނދާންތައް އިންޑިއާ ނޫސްތަކުގައި!

ބޮލީވުޑްގެ ޒުވާން ދެ ލޯބިވެރިން ކަމަށްވާ އިޝާން ކައްކަރާއި އަނަންޔާ ޕާންޑޭ މިއަހަރުގެ އާ އަހަރުގެ ޗުއްޓީ ހޭދަ ކުރީ ރާއްޖޭގައި އެވެ. ސަން ޝިޔާމް އިރުވެލި ރިސޯޓުގައި އާ އަހަރު ފާހަގަ ކުރުމަށް ފަހު ޗުއްޓ...

31 Jan 2021 | 08:24

ބޮލީވުޑްގެ ޒުވާން ދެ ލޯބިވެރިން ކަމަށްވާ އިޝާން ކައްކަރާއި އަނަންޔާ ޕާންޑޭ މިއަހަރުގެ އާ އަހަރުގެ ޗުއްޓީ ހޭދަ ކުރީ ރާއްޖޭގައި އެވެ.

ސަން ޝިޔާމް އިރުވެލި ރިސޯޓުގައި އާ އަހަރު ފާހަގަ ކުރުމަށް ފަހު ޗުއްޓީ ނިންމާލައި ދެ ތަރިން އެނބުރި އިންޑިއާއަށް ދިޔައީ މި މަަހުގެ ތިން ވަނަ ދުވަހު އެވެ.

ޗުއްޓީ ހޭދަ ކުރި އިރުވެސް އަނަންޔާ ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ފެންނަ ގޮތަށް ނަގާފައިވާ ފޮޓޯތައް ހިއްސާ ކޮށްފައިވެ އެވެ. އަދި އިޝާންވެސް ތަފާތު ގޮތް ގޮތަށް މޮޑެލް ކުރުމަށް ފަހު ފޮޓޯ ނަގައި އޭނާގެ ރަސްމީ އިންސްޓްގަރާމްގައި ހިއްސާކޮށްފައިވެ އެވެ.

ޗުއްޓީ ނިންމާލިތާ މަހެއް ވާން ކައިރިވެފައި ވަނިކޮށް އަނެއްކާވެސް އަނަންޔާ ވަނީ ރާއްޖޭގެ ދަތުރުގެ ހަނދާން އާ ކުރަން ފަށާފައި އެވެ. ރާއްޖޭގައި ޗުއްޓީ ހޭދަ ކުރި އިރުގެ ވީޑިއޯ އާއި ފޮޓޯތައް އޭނާ އިންސްޓަގްރާމްގައި ދޭތެރެ ދޭތެރެއިން ހިއްސާ ކުރާތާ މިހާރު ދެ ހަފްތާއެއް ވެއްޖެ އެވެ.

އެންމެ ފަހުން ހިއްސާ ކުރި ވީޑިއޯގައި ފެންނަނީ އިރުވެލި ރިސޯޓުގެ މޫގެ މަންޒަރުތަކާއި އުޑުމައްޗެވެ. ދެން ފެންނަނީ ސްވިމިން ޕޫލެއްގައި އަނަންޔާ އުޅޭ މަންޒަރުތަކެވެކެވެ.

އަނަންޔާ ރާއްޖޭގެ ޗުއްޓީ ދަތުރު ހަނދާން ނުނެތިގެން އުޅޭ ކަމަށް ބުނެ އިންޑިއާގެ ނޫސްތަކުގައި މިހާރު ވަނީ ހަބަރުތައް ޖަހަން ފަށާފައި އެވެ.

އަނަންޔާގެ ޗުއްޓީގައި އޭނާ އެންމެ ގަޔާވާ ކަމަކަށްވީ ހަންގަނޑުގެ ކުލަޔަށް އައި ބަދަލެވެ. އިޝާން އެންމެ ގަޔާވީ ކޯމަސް ބެލުމެވެ.

އަނަންޔާ އާއި އިޝާން އެކުގައި އެންމެ ފަހުން ފެނުނު ފިލްމަކީ “ހާލީ ޕީލީ” އެވެ. ކޯވިޑް-19 އާއި ގުޅިގެން ފިލްމު ރިލީޒް ކޮށްފައިވަނީ މިދިޔަ އަހަރު އޮންލައިންކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް