މި އަންހެން މީހާ އަލަމާރި ހުޅުވާލި އިރުގައި ފެނުނު ކަމަކުން މުޅިން ފިތްކަނޑައިގެން ގޮސްފައި

ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ފޮޓޯ ތަކާއި ވީޑިއޯ ތަކުން ފެނިގެން ދަނީ އަންހެނަކު އޭނާގެ އަލަމާރި ހުޅުވާފައި އަލަމާރީގެ އެތެރޭގައި އިންނަ ބޮޑު ފައި ދިގު މަކުނެއް ދައްކާ މަންޒަރެވެ. އަންހެންމީހާ ބު...

31 Jan 2021 | 07:50

ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ފޮޓޯ ތަކާއި ވީޑިއޯ ތަކުން ފެނިގެން ދަނީ އަންހެނަކު އޭނާގެ އަލަމާރި ހުޅުވާފައި އަލަމާރީގެ އެތެރޭގައި އިންނަ ބޮޑު ފައި ދިގު މަކުނެއް ދައްކާ މަންޒަރެވެ.

އަންހެންމީހާ ބުނެފައިވަނީ އެއީ މިމަހުވެސް ފެނުނު 10 ވަނަ ފައިދިގު މަކުނު ކަމަށެވެ. މިއީ އާދައިގެ ފައިދިގު މަކުނު ތަކެއް ނޫން ކަމަށާއި އަދި މިއީ އާދަޔާ ޚިލާފަށް ބޮޑެތި ފައިދިގު މަކުނުތަކެއް ކަމުގައިވެސް މި މީހާ ފާހަގަކޮށްފައިވެއެވެ.

އަންހެން މީހާގެ މި ޕޯސްޓެ ސަބަބުން ވަރަށް ގިނަ މީހުން ވަނީ މީނާއަށް ލަފާ ދީފައެވެ. އެގޮތުން ބައެއް މީހުން ނަސޭހަތްތެރިވެފައި ވަނީ ނިއުޒީލެންޑް ފަދަ ތަނަކަށް ދިރިއުޅުން ބަދަލުކުރުމަށެވެ. އަނެއްބައި މީހުން ބުނެފައިވަނީ އަބަދުވެސް ދޮރުތަކާއި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމަށެވެ.

އެހެން މީހަކު ބުނެފައިވަނީ ގެ އަންދާލުމަށެވެ. އެގޮތުން ޕޯސްޓްގައިވާ ފައިދިގު މަކުނަކީ އޭގައި އެއްވެސް ވިހައެއް ނުހިމެނޭ ބާވަތަކަށް ވީ ނަމަވެސް ކޮމެންޓް ކުރި ގިނަ މީހުން ދެކުނީ މަކުނުގެ ބޮޑު ކަމާއިނ ބިރުވެރިކަމުގެ ސަބަބުން އެއީ އިންސާނުންނަށް ގެއްލުންދޭ ޒާތުގެ ފައިދިގު މަކުނު ކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް