ނޫސްވެރިންގެ ޝަކުވާތަކާއި އެކު އެމްއެމްސީން ހެލްތް މިނިސްޓަރު އަރިހަށް!

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެމްބަރުން ހެލްތް މިނިސްޓަރު އަހުމަދު ނަސީމާއި ބައްދަލު ކުރައްވައިފި އެވެ. މީޑީއާ ކައުންސިލްގެ ފަރާތުން މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ...

31 Jan 2021 | 07:35

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެމްބަރުން ހެލްތް މިނިސްޓަރު އަހުމަދު ނަސީމާއި ބައްދަލު ކުރައްވައިފި އެވެ.

މީޑީއާ ކައުންސިލްގެ ފަރާތުން މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ރައީސް ޝަހުބާން ފަހުމީ އާއި ނައިބު ރައީސް ހުސައިން ސަގީފެވެ. މިނިސްޓަރު ނަސީމްގެ އިތުރުން ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލިމާ އުސްމާން ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްއެމްސީން ހެލްތް މިނިސްޓަރާއި ބައްދަލު ކުރައްވާފައި މިވަނީ ހެލްތް މިނިސްޓްރީން މީޑިއާތަކަށް ފުރުސަތު ދިނުމުގައި ތަފާތު ކުރުން ގެންގުޅޭ ކަމަށް ބުނެ ހިތްހަމަ ނުޖެހުން ފާޅުކޮށްފައި ވަނިކޮށެވެ.

އެމްއެމްސީން ބުނީ މިނިސްޓަރާއި އެކު ބޭއްވި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގާއި ގުޅޭގޮތުންނެވެ. އަދި ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް ބުނެ އެވެ.

https://twitter.com/mmc_mv/status/1355739404883554304

ހެލްތް މިނިސްޓްރީން މީޑިއާއަށް ދައުވަތު ދިނުމުގައި ތަފާތު ކުރުންތައް ގެންގުޅޭ މައްސަލައިގަ އެމްއެމްސީން ވަނީ ބަޔާނެއް ނެރެފައި އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ހެލްތު މިނިސްޓްރީން މި މަހުގެ 24 ގައި ބޭއްވި އިވެންޓަށް ބައެއް މީޑިއާތަކަށް ދައުވަތު ނުދޭ ކަމަށެވެ. އެއީ ހެލްތު މިނިސްޓަރުގެ މަގާމުގައި އަބްދުﷲ އަމީން ހުންނެވި އިރު ވެސް ހައްލު ނުލިބޭ މައްސަލައެއް ކަމަށް އެ ކައުންސިލުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް