އިންޑިއާއިން ވަނީ އަވަށްޓެރި ޤައުމުތަކުގެ ތެރެއިން ގިނަ ޤަޢުމުތަކަކަށް ވެކްސިން ފޯރުކޮށްދީފައެވެ. އެގޮތުން ރިޕޯޓްތަކުން ދައްކާ ގޮތުގައި 55 ލައްކަ ޑޯޒުގެ ވެކްސިން އިންޑިއާއިން ވަނީ ފޯރުކޮށްދީފައެވެ.
ޗައިނާ އާއި ޕާކިސްތާން ފިޔަވާ ސްރީލަންކާ, ނޭޕާލް, ބަންގްލަދޭޝް, ދިވެހިރާއްޖެ, ބޫޓާން, މިޔަންމާ, ބްރެޒިލް, މޮރޮކޯ, އަދި ބަހްރައިންގެ އިތުރުން ސީޗެލްސް އާއި މޯރިޓިއަސް އަށްވެސް ވަނީ މި ވެކްސިން ފޯރުކޮށްދީފައެވެ.
އިންޑިއާއިން ވަނީ އެންމެ 6 ދުވަހުގެ ތެރޭގައި އެއް މިލިއަނަށްވުރެން ގިނަ އަދަދެއްގެ ވެކްސިން ރެޖިސްޓަރ ކޮށްފައެވެ. އެގޮތުން އިންޑިއާ މިވަނީ ކޯވިޑް ވެކްސިން ފޯރުކޮށްދިނުމުގައި އެހެން ހުރިހާ ޤަޢުމުތަކާ ވާދަ ޖަހާ ކުރިއަށް އައިސްފައިކަން ފާހަގަކޮށްލަމެވެ.
އެއީ ޔުނައިޓް ސްޓޭޓްސްގައި އިންޑިއާއަށް ވާސިލުވެފައިވާ މިންވަރަށް ވާސިލުވެވުނީ 10 ދުވަހުންނެވެ. ސްޕެއިންގައި 12 ދުވަހުންނެވެ. އިސްރޭލްގައި 14 ދުވަހުންނެވެ. އަދި ޔޫކޭގައި 18 ދުވަހުންނެވެ. އޭގެ އިތުރުންވެސް އިޓަލީގައި 18 ދުވަހުން އަދި ޖާމަނީގައި 20 ދުވަހުންނެވެ. ލިސްޓްގެ އެންމެ ފަހަތުގައިވާ ޔުނައިޓެޑް އަރަބް އެމިރޭޓްސް އަށް 27 ދުވަހުން ކަމަށް ޔޫނިއަން ހެލްތް ސެކެޓްރީ ރާޖޭޝް ބޫޝާން ނިއު ދިއްލީގައި ހުންނަވައި ބޭރުގެ ނޫސްތަކަށް މިދިޔަ ބުރާސްފަތި ދުވަހު މަޢުލޫމާތު ދީފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް