ކުރިޔަށް އޮތް ފަސް އަހަރު އަދާލަތު ޕާޓީ އިތުރު ހަރުފަތަކަށް ގެންދިއުމަށް މަސައްކަތް ކުރާނެ ކަމަށް އެ ޕާޓީގެ ރައީސްކަމަށް ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވި ހޯމް މިނިސޓްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޝެއިހް އިމްރާން އަދާލަތުގެ ރައީސްކަން ދިފާއު ކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި ވާދަ ކުރައްވައިގެންނެވެ. އިމްރާން އިންތިހާޞބު ކމިޔާބު ކުރެއްވީ ވޯޓުލީ މީހުންގެ84 ޕަސެންޓު ވޯޓުންނެވެ.
އިންތިހާބުގައި ލިބުނު ކާމިޔާބާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި އިމްރާން ވަނީ އޭނާއަށް ވޯޓު ދެއްވި އެ ޕާޓީގެ ހުރިހާ މެމްބަރުންނަށް ޝުކުރު އަދާ ކުރައްވާފައި އެވެ.
އިމްރާން ވިދާޅުވީ އަދާލަތު ޕާޓީ ހިންގުމުގައި ޑރ. ޒާހިރު އާއި އޭނާގެ ޓީމުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ކުރިޔަށް އޮތް ފަސް އަހަރު އެ ޕާޓީ އިިތުރު ހަރުފަތަކަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.
https://twitter.com/ShimranAb/status/1355754141780303875
އަދާލަތު ޕާޓީން އާންމު ކޮށްފައިވާ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އިމްރާން އިންތިހާބު ކާމިޔާބު ކުރެއްވީ 921 ވޯޓުންނެވެ. އެއީ ވޯޓުލީ މީހުންގެ 84،6 ޕަސެންޓު ވޯޓެވެ.
ޑރ. ޒާހިރަށް ލިބިވަޑައިގެންނެވީ 167 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 15 ޕަސެންޓެވެ.
މިއަދު ބޭއްވި އިންތިހާބުގައި ވޯޓުލާފައިވަނީ 1،088 މީހުންނެވެ. މި އިންތިހާބުގައި ވޯޓުލުމަށް 4،556 މީހުން ރެޖިސްޓްރީ ކުރި ކަމަށް އެ ޕާޓީން ބުނެ އެވެ.
އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 6،866 މީހުން ތިބި އިރު ވޯޓުލާން ރެޖިސްޓްރީ ކުރީ އޭގެ ތެރެއިން 66 ޕަސެންޓު މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް