ރާއްޖޭގެ ތިން ސިޓީއެއްގައި މާދަމާ ކޯވިޑް ވެކްސިން ދޭން ފަށަނީ

ރާއްޖޭގެ ތިން ސިޓީއެއްގައި މާދަމާ ކޯވިޑް-19 އަށް ވެކްސިން ދޭން ފަށާނެ ކަމަށެ ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނެފި އެވެ. އެޗްޕީއޭއިން ބުނީ މާއްދަމާ ވެކްސިން ދޭން ފަށަން ނިންމާފައިވަނީ މާލޭ ...

31 Jan 2021 | 05:44

ރާއްޖޭގެ ތިން ސިޓީއެއްގައި މާދަމާ ކޯވިޑް-19 އަށް ވެކްސިން ދޭން ފަށާނެ ކަމަށެ ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މާއްދަމާ ވެކްސިން ދޭން ފަށަން ނިންމާފައިވަނީ މާލޭ ސިޓީ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށީ ސިޓީގައި ކަމަށެވެ. ވެކްސިން ޖެހުމަށް ބޭނުންވާ ވެކްސިން ޑޯޒުތައް އައްޑޫ އަދި ފުވައްމުލަކު ސިޓީއަށް މިހާރު ވަނީ ފޮނުވާފައި އެވެ.

އެޗްޕީއޭއިން ބުނީ ވެކްސިން ދިނުމުގައި އިސްކަން ދޭނީ ކުރީ ސަފުގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންނަށް ކަމަށެވެ. އަދި ކުރިޔަށް އޮތްތާ ވެކްސިން ދިނުމަށް ކަނޑައެޅިފައިވާ ތަރުތީބުން ވެކްސިން ދެމުންދާނެ ކަމަށް ބުނެ އެވެ.

މާލެ ސަރަހައްދުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އައިޖީއެމްއެޗު، ވިލިމާލޭ ހޮސްޕިޓަލް، ހުޅުމާލޭ ހޮސްޕިޓަލް، ޓްރީ ޓޮޕް ހޮސްޕިޓަލް، އަދި އޭޑީކޭ ހޮސްޕިޓަލްގައި އެވެ. އައްޑޫ ސިޓީގައި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އަދި ކުޅުދުއްފުށީ ސިޓީގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ކޯވިޑް ވެކްސިން ދޭނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

އެޗްޕީއޭއިން ބުނީ ކުރިޔަށް އޮތްތާ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކޯވިޑް ވެކްސިން ދޭން ފަށާނެ ކަމަށެވެ.

ރާއްޖޭގައި މާދަމާ ދޭން ފަށަނީ އިންޑިއާއިން ހަދިޔާ ކުރި "ކޮވިޝީލްޑް" ވެކްސިން އެވެ. އެ ވެކްސިންގެ 100،000 ޑޯޒު އެ ގައުމުން ރާއްޖެއަށް ހަދިޔާ ކޮށްފައިވެ އެވެ

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ އެ ވެކްސިންއަށ ވަގުތީ ގޮތުން ހުއްދަ ދީފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް